logoEN
cocacola
ލެވަންޑޮސްކީގެ ދެލަނޑާއެކު ފަހަތުން އަރައި ބާސެލޯނާއިން ވެލެންސިއާ ބަލިކޮށްފި

ލެވަންޑޮސްކީގެ ދެލަނޑާއެކު ފަހަތުން އަރައި ބާސެލޯނާއިން ވެލެންސިއާ ބަލިކޮށްފި

ހަސަން ޝަމްއޫން

logo

8/18/2024, 3:34:19 AM

# ސްޕެނިޝް ލަ ލީގާ# ވެލެންސިއާ# ބޭރު ދުނިޔޭގެ ކުޅިވަރު# ތިނަދޫ ކައުންސިލް ހަވަރު އޮފީސް ފުޓްސަލް މުބާރާތް

ވެލެންސިއާ ކޮޅަށް ލަނޑުޖެހުމަށްފަހު ލެވަންޑޮސްކީ، ލަމީން ޔަމާލް އާއެކު އުފާފާޅުކުރަނީ

ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި ވެލެންސިއާ އިން ލަނޑެއް ކާމިޔާބުކޮށް ލީޑުހޯދާފައި ވަނިކޮށް ފަހަތުން އަރައި 2-1 ގެ ނަތިޖާއަކުން މޮޅުވެ ބާސެލޯނާއިން ލީގުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގޮސިޔާ

މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާއިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި ވެލެންސިއާ އިން ވަނީ ބާސެލޯނާގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީވެސް އެޓީމުންނެވެ.

މިލަނޑު ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ހޫގޯ ޑުރޯ އެވެ. މިއީ އެޓީމުގެ މިއީ އެޓީމުގެ ޒުވާން މިޑްފީލްޑަރު ޑިއޭގޯ ލޮޕޭޒް އަރިމަތިން ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާއިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޮސްކީ އެވެ.

މިއީ އެޓީމުގެ ޒުވާން ފޯވާޑް ލަމައިން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތިޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިން ތިންވަނަ މިނެޓުގައި ލެވަންޑޮސްކީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް ބާސެލޯނާއަށް ލީޑު ހޯދައިދީފައެވެ. މިއީ ވެލެންސިއާފެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ކުޅުންތެރިއަކު ބާސެލޯނާގެ ބްރެޒިލް ފޯވާޑް ރަފީނިއާއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ އެޓީމަށް ދިން ޕެނަލްޓީއެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެއިތުރުން ވެސް މިހާފުގައި ބާސެލޯނާއިން ވަނީ ލަނޑުޖަހާނެ ރަނގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނިކުރެވި 2-1 ގެނަތީޖާއަކުން ބާސެލޯނާ ކުރީގައި އޮވެގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ