logoEN
cocacola
ސައުދީ ސުޕަކަޕް: ފަހަތުން އަރައި އަލް ނަސްރު ބަލިކޮށް އަލް ހިލާލުން ތަށި ދިފާއުކޮށްފި

ސައުދީ ސުޕަކަޕް: ފަހަތުން އަރައި އަލް ނަސްރު ބަލިކޮށް އަލް ހިލާލުން ތަށި ދިފާއުކޮށްފި

ހަސަން ޝަމްއޫން

logo

8/17/2024, 6:22:02 PM

# އަލް ހިލާލް # ކްރިސްޓިއާނޯ ރޮނާލްޑޯ# ސައުދީ ސުޕަކަޕް # އަލް ނަސްރު # ބޭރު ދުނިޔޭގެ ކުޅިވަރު

ކްރިސްޓިއާނޯ ރޮނާލްޑޯ

ސައުދީ ސުޕަކަޕް ފައިނަލުގައި މިރޭ އެންމެ ފަހުގެ ޗެންޕިއަން އަލް ހިލާލް އާއި އަލް ނަސްރު ވާދަކުރި މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަލް ހިލާލް އިން ތަށި ދިފާއުކޮށްފިއެވެ.

ގޮސިޔާ

އަލް ނަސްރު މުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގައި 2-0 ގެ ނަތީޖާއަކުން އަލް ތާވޮން ބަލިކުރުމަށްފަހުއެވެ. އަދި އަލް ހިލާލް ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން އަލް އަހްލީ ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އަލް ނަސްރުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މިއީ ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއަރުގައި އެނާ ކާމިޔާބުކުރި 897 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.

ނަމަވެސް ދެވަނަ ހާފުގައި އަލް ހިލާލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާއެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސާބިއާގެ މިޑްފީލްޑަރު ސަވިޗް އެވެ.

އަލް ހިލާލުން މެޗުގެ ލީޑުހޯދި ލަނޑު ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި މިޓްރޮވިޗް ކާމިޔާބުކުރިއިރު، އޭގެ ހަމިނެޓު ފަހުން މިޓްރޮވިޗް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މިމެޗުގައި އެޓީމުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑަކީ އަލް ނަސްރުގެ ފަހަތުން އެޓީމުގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާނަގައި މެޗުގެ 72 ވަނަ މިނެޓުގައި ބްރެޒިލް ފޯވާޑް މަލްކޮމް ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-1 ގެ ނަތީޖާއަކުން އަލް ހިލާލް ކުރީގައި އޮވެގެންނެވެ. އަދި މިއީ އެޓީމުން މިމުބާރާތުގެ ޗެންޕިއަންކަން ހޯދި ފަސްވަނަ ފަހަރެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ