logoEN
cocacola
ކައިވެންޏާއި އާއިލީ ގުޅުންތަކާ ގުޅޭ ސިލްސިލާ ފޯރަމްތަކެއް ބާއްވަނީ

ކައިވެންޏާއި އާއިލީ ގުޅުންތަކާ ގުޅޭ ސިލްސިލާ ފޯރަމްތަކެއް ބާއްވަނީ

އަހުމަދު ޝުރާއު

logo

8/15/2024, 11:08:18 AM

# އިސްލާމިކް މިނިސްޓްރީ

--

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ފެމިލީ ކޯޓު ގުޅިގެން ކައިވެންޏާއި އާއިލީ ގުޅުންތަކާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުވުމަށް ސިލްސިލާ ފޯރަމްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

ގޮސިޔާ

މި ފޯރަމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "މަވައްދަތު" ނަމުގައެވެ.

މި ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހަފްތާގެ ހުކުރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ.

"ކައިވެނީގެ ކުރިން" މި މަޢުޟޫއުއަށް ފޯރަމްގައި މަޢުލޫމާތު ދެއްވާނީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ.

މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދުގެ މިނިސްޓަރުކަމުގައި ރާއްޖޭގައި ދިނީ އިލްމު އިތުރުަށް ފެތުރުމަށާއި ދީނަށް ރައްޔިތުންގެ ހިތުގައި ލޯބި ޖައްސައި ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ތަފާތު އެކި ނަންނަމުގައި އެކި އިޖްތިމާއީ މައްސަލަތަކާއި ގުޅޭެގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށް މީގެ ކުރިންވެސް ވަނީ ގިނަ ފޯރަމްތަކެއް ކުރިޔަށް ގެންގޮސްފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ