
ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެން އިލްމުވެރިޔަކު ލިޔުއްވި ހުތުބާއެއް!
# ހުތުބާ# އިސްލާމިކް މިނިސްޓްރީއިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ނައިބު ވަޒީރު އުސްތާޒާ ހައްވާ ލަތީފް ---
މިއަދުގެ ހުކުރު ހުތުބާ އަކީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެން އިލްމުވެރިޔަކު ލިޔުއްވި ހުތުބާއެއް ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ކުރު ހުތުބާ ހާއްސަކޮށްފައިވަނީ އާއިލީ ގުޅުމުމުގެ މުހިންމުކަމުގެ މައްޗަށެވެ.
ވަޒީރު ޝަހީމް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, މިއަދުގެ ހުކުރު ހުތުބާ އަކޫ ފުރަތަމަ ފަހަރަށް އަންހެން އިލްމުވެރިޔަކު ލިޔުއްވި ހުތުބާއެއް ކަމަށެވެ. އެ ހުތުބާ ލިޔުއްވާަފައި ވަނީ އެ ވުޒާރާގެ ނައިބު ވަޒީރު އުސްތާޒާ ހައްވާ ލަތީފެވެ. އަދި މިއަދުގެ ހުތުބާގެ އިނގިރޭސި ތަރުޖަމާ އެވުޒާރާގެ ލައިވް މެދުވެރިކޮށް ވަގުތުން ފެންނަގޮތް ވަނީ ހަދާފައެވެ.
ހައްވާ ލަޠީފަކީ މީގެ ކުރިން އިސްލާމިކް ޔުނިވަސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރަކަށް ހުންނެވި ބޭފުޅެކެވެ. ތައުލީމް ހާސިލްކުރެއްވީ މިސްރުގެ އަލް އަޒްހަރު ޔުނިވާސިޓީންނެވެ.
މިއަދުގެ ހުތުބާގައި އާއިލީ ގުޅުންތައް ބަދަހިކޮށް ބާރުވެރިކުރުމަކީ ޢާއިލާގެ ކޮންމެ ފަރުދަކުމެ އިސްވެ އަދާކުރާން ޖެހޭ ވާޖިބެއް ކަމަށް ބުނެފައިވެއެވެ. ންސާނީ ނަސްލު ބަލަހައްޓައި ނެގެހެއްޓޭނީ ފާރަވެރި، އޯގާތެރި، ކެތްތެރި ޢާއިލާއެއްގެ ހިޔާވަހިކަން ލިބިގެންކަމަށްވެސް ބުނެފައިވެއެވެ. އަދި އާއިލީ ގުޅުންތައް ވަރުގަދަވެގެން ނޫނީ މާތް ﷲގެ ޝިޢާރުތައް މަތިވެރިކުރާނެ، މުޖުތަމަޢު ބަލަހައްޓައި ނަގަހައްޓައި ދިފާޢުކުރާނެ ޤާއިދުންނާއި، ފަހުލަވާނުން ނުއުފެއްދޭނެ ކަމަށްވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
ޢާއިލާގެ ފަރާތުން ރައްކާތެރިކަމާއި، އަޅައިލުމާއި، ލޯބި ނުލިބުމުގެ ސަބަބުން ޢާއިލީ ވެށްޓެއްގައި ދިރިއުޅުމުގެ ނަސީބުންމަޙުރޫމްވެފައިވާ އެތައް އެތައް ކުޑަކުދީންނާއި، ދޮށީ ޢުމުރުގެ މީހުން މި ދިވެހި ފަސްގަނޑުގައިވެސް ދިރިއުޅެމުން އަންނަކަން ފާޙަގަކޮށް ހުތުބާގައި ބުނެފައިވަނީ އެމީހުންނަކީވެސް އުފާވެރިކަމާއެކު ދިރިއުޅުމުގެ ހައްގުލިބިގެން ވާ ބައެއް ކަމަށެވެ.
ޢާއިލީ ގުޅުން ވަރުގަދަކުރުމަށް ޓަކައި ޢާއިލާގެމެންބަރުންނަށް ޢާއިލީ ވެށްޓެއްގައި ދިރިއުޅުމުގެ ޙައްޤު ހޯއްދައިދިނުމަށް ޢާއިލާގެ ކޮންމެ ފަރުދަކު މަސައްކަތްކުރާން ޖެހޭކަމަށްވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
ގުޅުންހުރި

ޙައްޖުވެރިންގެ ދެވަނަ ގުރޫޕުގައި 256 ޙައްޖުވެރިން ފުރައިފި

ޙައްޖު 1446: ދިވެހި ޙައްޖުވެރިންނަށް ތާރީޚީ ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ އަހަރެއް!

މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން ރާއްޖެ ވަޑައިގަންނަވައިފި
