logoEN
cocacola
ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ފުލަމް އަތުން ޔުނައިޓެޑަށް އުނދަގޫ މޮޅެއް

ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ފުލަމް އަތުން ޔުނައިޓެޑަށް އުނދަގޫ މޮޅެއް

ހަސަން ޝަމްއޫން

logo

8/17/2024, 1:13:39 AM

# ފުލަމް # ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި ޕްރެމިއާ ލީގު# މެންޗެސްޓަރ ޔުނައިޓެޑް

ފުލަމް އާއި ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން

އިގިރޭސި ޕްރެމިއާ ލީގުގައި ހުކުރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ފްލަމް އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑުން ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.

ގޮސިޔާ

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ ޔުނައިޓެޑުން މެޗު ޑޮމިނެޓުކުރިއިރު، މިހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފުލަމްގެ ފަރާތުން ފެނިގެންދިޔައިރު، މިހާފުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ބްރެޒިލް މިޑްފީލްޑަރު ކަސަމީރޯގެ އިތުރުން ކެޕްޓަން ބުރޫނޯ ފެނާންޑޭޒަށް ވަނީ ވަރަށް ހުސް ފުރުސަތުތަކެއްލިބި ބޭނުން ނުކުރެވިފައެވެ.

މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމިގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޔުނައިޓެޑުން ކާމިޔާބުކުރީ ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ނެދަލޭންޑްސްގެ ޒުވާން ފޯވާޑް ޖޯޝުއާ ޒިކްޒީ އެވެ.

މިއީ އެޓީމުގެ އާޖެންޓީނާ ފޯވާޑް އަލްޖެންޑްރޯ ގަނާޗޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ