logoEN
cocacola
ފައިސާގެ އިނާމާއި އެކު އީސީއިން ޚާއްސަ ކުއިޒް މުބާރާތެއް ފަށައިފި

ފައިސާގެ އިނާމާއި އެކު އީސީއިން ޚާއްސަ ކުއިޒް މުބާރާތެއް ފަށައިފި

އަހުމަދު ޝުރާއު

logo

8/16/2024, 10:08:07 AM

# އިލެކްޝަން ކޮމިޝަން

--

ދުނިޔޭގެ ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ޚާއްސަ ކުއިޒް މުބާރާތެއް ފަށައިފި އެވެ.

ގޮސިޔާ

އީސީއިން ބުނީ މި ކުއިޒަކީ "ބާރަކީ ފާހަގަ ކުއިޒު" ގެ ނަމުގައި މިއަހަރުގެ ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ކުއިޒް މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުން ކަމަށާއި އެގޮތުން، އިންތިޚާބުތަކާއި އިންތިޚާބީ ނިޒާމާ ގުޅޭ މުހިންމު މަޢުލޫމާތާއި، ސިޔާސީ ޕާޓީތަކާ ގުޅޭ މައުލޫމާތުތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމާއި، އެ މަޢުލޫމާތުތައް ރައްޔިތުންނަށް އެނގިފައިވާ މިންވަރު ވަޒަންކުރުމަކީވެސް މި ކުއިޒުގެ މަޤްސަދެއް ކަމަށް އީސީއިން ބުނެއެވެ.

މި ކުއިޒް މުބާރާތް ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަނުގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށެވެ.

View post on Twitter

ބާރަކީ ފާހަގަ ނަމުގައި އީސީއިން މިއަދު ފެށި ކުއިޒްއަކީ އޮގަސްޓު 25 ގެ ނިޔަލަށް ކުރިޔަށްގެންދާ ކުއިޒްއެކެވެ. އެގޮތުން މި ކުއިޒްގެ ދަށުން ކޮންމެ ދުވަހަކުވެސް ފަސް ސުވާލު އާންމުކުރާނެ ކަމަށް އީސީއިން ބުނެއެވެ. އެގޮތުން ސުވާލަކަށް މި ލިންކު މެދުވެރިކޮަށް ޖަވާބު ދެވޭނެ އެވެ.

ކޮންމެ ދުވަހެއްގެ ސުވާލު ފޭސްބުކްގައި އާންމު ކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 ފެށިގެން 12:00 އާ ދެމެދުގެ ވަގުތެއްގައެވެ. އަދި އެ ސުވާލުގެ ލިންކް ޖަވާބު ދިނުމަށް، ހުޅުވިފައި ހުންނާނީ ޖެހިގެން އަންނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. މިވަގުތުގެ ފަހުން ލިންކް ބަންދުވާނެއެވެ.

މި މުބާރާތުގެ އެއްވަނައަށް ދާ ފަރާތަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައި އެވެ. އަދި ދެވަނައަށް ދާ ފަރާތަށް 2000 ރުފިޔާ އާއި ތިން ވަނައަށް ދާ ފަރާތަށް 1000 ރުފިޔާ ދިނުމަށް ވެސް ވަނީ ހަމަޖެހިފައި އެވެ. ބައިވެރިންގެ މެދުގައި މާކްސް އެއްވަރުވެއްޖެ ހާލަތެއްގައި، ވަނަ ކަނޑައަޅާނީ ގުރުއަތުލުމުގެ އުސޫލުންނެވެ.

ގައުމީ ވޯޓުލާ މީހުންގެ ދުވަސް ގޮތުގައި ކަނޑައަޅާފައިވަނީ ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 25 ވަނަ ދުވަހެވެ. މިއަހަރުގެ ޝިޔާރަކަށް އީސީއިން ކަނޑައަޅާފައިވަނީ "ބާރަކީ ފާހަގަ" އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ