
އައްޑޫ ވޯޓުގެ ވޯޓުފޮށިތައް ބަހައްޓާ ތަންތަން ޢާންމުކޮށްފި: މާލޭގައި ވޯޓުފޮށި ހުންނާނީ ކަލާފާނު ސްކޫލުގައި!
# އިލެކްޝަން ކޮމިޝަން-
2025 އޮކްޓޫބަރު 25 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު 2025 ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުން ވޯޓުލުމަށްޓަކައި މާލެ އާއި އައްޑޫ ސިޓީގައި ވޯޓުފޮށި ބަހައްޓާ ތަންތަނާއި ވޯޓުލާ ސަރަހައްދުގެ ތަފްސީލު މިއަދު އާންމުކޮށްފިއެވެ.

އީސީން މިއަދު ބުނީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި، އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ ފަރާތުން، އެ ރަށްރަށުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ރަށު ކައުންސިލް އުފެއްދުމަށް އެކި ހުއްޖަތްތަކާއެކު ސަރުކާރަށް ހުށަހަޅުއްވައިފައިވާތީ، އެ ރަށްތަކުގެ ރައްޔިތުން ދެކޭގޮތް ބަލައި، ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ނެރުއްވާފައިވާ ޤަރާރުގެ ދަށުން ވޯޓުނެގުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ އިތުރުން މާލެ ސިޓީގައި ކަމަށެވެ.
އެގޮތުން ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވަނީ ފޭދޫގައި ،ފޭދޫ ސްކޫލްގައެވެ. ހުޅުދޫގައި ،ހުޅުދޫ ސްކޫލު އަދި ހުޅުދޫ ސ. އަތޮޅު މަދަރުސާ ގައެވެ. މީދޫގައި، މީދޫ އައި.ޔޫ.އެމް އައްޑޫ ސިޓީ ލާރނިންގ ސެންޓަރގައެވެ. އަދި މާލޭގައި ވޯޓުފޮށި ބަހައްޓަން ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލްގައެވެ.
ވޯޓުލާން ދާންޖެހޭ ތަން ޗެކްކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން VR (Space) NID No ޖެއްސެވުމަށް ފަހު 1414 އެސް.އެމް.އެސް ފޮނުއްވައިގެން ނުވަތަ pprvr.elections.gov.mv މެދުވެރިކޮށް ޗެކްކޮށްލެވޭނެ ކަމަށް އީސީން ވަނީ ބުނެފައި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު (31/2025) އާއި އެ ޤަރާރާއެކު ހުށަހަޅުއްވާފައިވާ ސުވާލުތަކަށް އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2025 އޮކްޓޫބަރު 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. މި ވޯޓުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2025 އޮކްޓޫބަރު 26 ވާ އާދިއްތަ ދުވަހުއެވެ.
ގުޅުންހުރި

އައްޑޫ ވޯޓުގެ ވޯޓުފޮށިތައް ބަހައްޓާ ތަންތަން ޢާންމުކޮށްފި: މާލޭގައި ވޯޓުފޮށި ހުންނާނީ ކަލާފާނު ސްކޫލުގައި!

ކައުންސިލް އިންތިހާބަށް އީސީން މުވައްޒަފުން ހޯދުމަށް ކުރިޔަށްގެންދާ ވޯކް އިން އިންޓަވިއުއަށް ބޮޑު ތަރުހީބެއް!

ވެރިކަން ކުރާ ޕީއެންސީގައި 68 ހާހަށްވުރެ ގިނަ މެމްބަރުން: އެމްޑީޕީގައި 43 ހާސް!





