logoEN
Sto top
ޖޯޖިއާގެ އިންތިޚާބާބެހޭ އިދާރާތަކުގެ 12 ވަނަ އަހަރީ ބައްދަލުވުމުގައި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ

ޖޯޖިއާގެ އިންތިޚާބާބެހޭ އިދާރާތަކުގެ 12 ވަނަ އަހަރީ ބައްދަލުވުމުގައި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ

އަހުމަދު ޝުރާއު

logo

6/11/2025, 3:55:51 PM

# އިލެކްޝަން ކޮމިޝަން

--

ޖޯޖިއާގައި، 2025 ޖޫން 5 އިން 6 އަށް ކުރިއަށްގެންދިޔަ، އެ ޤައުމުގެ އިންތިޚާބާބެހޭ އިދާރާތަކުގެ 12 ވަނަ އަހަރީ ބައްދަލުވުމުގައި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ އެވެ.

Wamco

ސެންޓްރަލް އިލެކްޝަން ކޮމިޝަން އޮފް ޖޯޖިއާ އިން އިންތިޒާމު ކުރި މި ބައްދަލުވުމުގައި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން ތަމްޞީލްކުރީ، ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު އަދި އެޑްމިނިސްޓްރޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ޑިވިޜަންގެ ޑިރެކްޓަރ، މުޙައްމަދު އަނީލެވެ.

މި ބައްދަލުވުމުގައި އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން އިންތިޚާބުތަކުގެ ނަޒާޙަތްތެރިކަން ހަރުދަނާ ކުރުމާއި، އިންތިޚާބުތަކާ ދިމާކޮށް ފަތުރާ ދޮގު މަޢުލޫމާތުތައް ދެނެގަނެ، އެ ފަދަ މައްސަލަތަށް ޙައްލުކުރުމަށް ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭގޮތުން، ދުނިޔޭގެ އެކި ޤައުމުތަކުގެ އިންތިޚާބާބެހޭ އިދާރާތަކުގެ މާހިރުން ބައިވެރިވެ، މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި، މައިގަނޑު ތިން ދާއިރާއެއް އެކުލެވިގެންވެއެވެ. އޭގެތެރޭގައި، އިންތިޚާބީ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ޓެކްނޮލޮޖީގެ ބޭނުންހިފުން (ބަޔޯމެޓްރިކް ވެރިފިކޭޝަން،އިލެކްޓްރޯނިކް ވޯޓިންގ،ޑިޖިޓަލް ނަތީޖާ ޓެބިއުލޭޝަން)، އިލެކްޓްރޯނިކް ޚިދުމަތްތަކުގެ އެހީގައި އިންތިޚާބީ މަރުޙަލާތައް ހަރުދަނާކުރުން (ޑިޖިޓަލް ރަޖިސްޓްރޭޝަން، އޮންލައިން ޝަކުވާ ހުށަހެޅުމުގެ ނިޒާމު، ވޯޓުދޭ ފަރާތްތަކާ ގުޅުން ބަދަހިކުރުމަށް ބޭނުންކުރެވޭ އޮންލައިން ނިޒާމުތައް) އަދި ދޮގު މަޢުލޫމާތު ފެތުރުމާ ދެކޮޅަށް ފިޔަވަޅު އެޅުން (ދޮގު މަޢުލޫމާތު ދެނެގަތުން،ބޭރުގެ ނުފޫޒުތައް ވަޒަންކުރުން،އިތުބާރު ޤާއިމުކުރުމުގެ ގޮތުން ގެންގުޅެވިދާނެ ގޮތްތައް އެކުލަވާލުން) ހިމެނެއެވެ.

މި ބައްދަލުވުމުގެ ތިންވަނަ ސެޝަން ކަމުގައިވާ އީސީގެ ޑިރެކްޓަރ މުޙައްމަދު އަނީލް ވަނީ އިންތިހާބީ ކަންކަމުގައި ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރުމުގެ މުހިންމުކަމާއި ގުޅޭ ކަރުދާހެއް ހުށަހަޅާފައި އެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ އިތުރުން އިނގިރޭސި ވިލާތް، އާރމީނިއާ، އަލްބޭނިއާ، އެމެރިކާ، ސައުތު އެފްރިކާ އަދި އެހެނިހެން ޤައުމުތަކުގެ އިންތިޚާބީ އޮފިޝަލުންނާއި މާހިރުން ބައިވެރިވެ، އިންތިޚާބީ ނިޒާމު، ޒަމާނީކުރުމާ ގުޅޭގޮތުން އެ ފަރާތްތަކުގެ ތަޖުރިބާތަކާއި ޚިޔާލުތައް ފުޅާ ދާއިރާއެއްގައި ޙިއްޞާކުރިއެވެ. މި ބައްދަލުވުމުގައި، އީސީގެ ފަރާތުން ޢަމަލީ ގޮތުން ބައިވެރިވުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ، ދުނިޔޭގެ އިންތިޚާބީ ދާއިރާގައި އެ ކޮމިޝަނުގެ ދައުރު ފުޅާކުރުމާއި، އިންތިޚާބުތަކުގެ ނަޒާޙަތްތެރިކަން އިތުރުކޮށް ދެފުށްފެންނަ އިންތިޚާބުތަކެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ޓެކްނޮލޮޖީގެ ބޭނުން ކުރެވިދާނެ ގޮތްތައް ދެނެގަތުން ކަމަށް އީސީން ވަނީ ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside