
ކައުންސިލް އިންތިހާބަށް އީސީން މުވައްޒަފުން ހޯދުމަށް ކުރިޔަށްގެންދާ ވޯކް އިން އިންޓަވިއުއަށް ބޮޑު ތަރުހީބެއް!
# އިލެކްޝަން ކޮމިޝަން-
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ކުރިޔަށްގެންދާ ވޯކް-އިން އިންޓަވިއުއަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިއްޖެ އެވެ.

އީސީން މިއަދު ބުނީ އިއްޔެ ކަލާފާނު ސްކޫލްގައި ބޭއްވި ވޯކް-އިން އިންޓަވިއު އަށް 100 އަށް ވުރެގިނަ މީހުން ފޯމުހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރޭގައި ގިނައީ 18 އަހަރާއި 25 އަހަރާ ދެމެދު ޒުވާނުންނެވެ.
އަދި އެންމެ ގިނައިން ފޯމު ހުށަހަޅާފައިވަނީ އޮފިސަރުންނަށާއި ސީނިއަރ އޮފިސަރުންގެ މަޤާމަށެވެ.
މިއަދު ވެސް ހުޅުމާލެ ފޭސް 2 ގައި ހުންނަ ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައި ވޯކް-އިން އިންޓަވިއު،ހަވީރު 4:00 އިން ރޭގަނޑު 10:00 ކުރިއަށްދާނެއެވެ.
ވޯކް-އިން އިންޓަރވިއުއަށް ހާޟިރުވާއިރު އައިޑީ ކާޑު، ތަޢުލީމީ ސެޓްފިކެޓް އަދި ސީވީގެ ކޮޕީ ގެނައުމުން، ޝަރުތު ހަމަވާ ފަރާތްތަކަށް ފޯމު ހުށަހެމާއި ވަގުތުން އިންޓަވިއުކުރުމާއި ޕްރެކްޓިކަލް ޓެސްޓް ހެދުމުގެ އިންތިޒާމްތައްވެސް ވަނީ ހަމަޖެހިފައެވެ.
ގުޅުންހުރި

ކައުންސިލް އިންތިހާބަށް އީސީން މުވައްޒަފުން ހޯދުމަށް ކުރިޔަށްގެންދާ ވޯކް އިން އިންޓަވިއުއަށް ބޮޑު ތަރުހީބެއް!

ވެރިކަން ކުރާ ޕީއެންސީގައި 68 ހާހަށްވުރެ ގިނަ މެމްބަރުން: އެމްޑީޕީގައި 43 ހާސް!

ޖޯޖިއާގެ އިންތިޚާބާބެހޭ އިދާރާތަކުގެ 12 ވަނަ އަހަރީ ބައްދަލުވުމުގައި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުން ބައިވެރިވެއްޖެ
