logoEN
Sto top
ވެރިކަން ކުރާ ޕީއެންސީގައި 68 ހާހަށްވުރެ ގިނަ މެމްބަރުން: އެމްޑީޕީގައި 43 ހާސް!

ވެރިކަން ކުރާ ޕީއެންސީގައި 68 ހާހަށްވުރެ ގިނަ މެމްބަރުން: އެމްޑީޕީގައި 43 ހާސް!

އަހުމަދު ޝުރާއު

logo

7/3/2025, 7:53:59 AM

# އިލެކްޝަން ކޮމިޝަން

-

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީއަށް 68 ހާހަށްވުރެ ގިނަ މެމްބަރުން ހަމަވެއްޖެ އެވެ.

Wamco

މިކަން ހާމަވެފައިވަނީ ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން، ކޮންމެ 6 މަހަކުން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ޢަދަދު ކަށުވަރުކޮށް އީސީއިން އިއްޔެ އާންމުކުރުމާއި ގުޅިގެންނެވެ.

އީސީއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖޭގައި އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ ވެރިކަން ކުރާ ޕީއެންސީއެވެ. އެގޮތުން ޕީއެންސީގެ މެމްބަރުންގެ އަދަދު މިހާރު އުޅެނީ 68,665 ގައި އެވެ. ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި 43,765 މެމްބަރުންނާއި އެކު އޮތީ އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއެވެ. އަދި ތިންވަނައިގައި 13,456 މެމްބަރުންނާއި އެކު ޖޭޕީ އޮތް އިރު ހަތަރުވަނައިގައި އޮތީ 9,011 މެބްބަރުންނާއިއެކު އެމްޑީއޭ އެވެ.

ރާއްޖޭގައި އެއް އިރެއްގައި އެންމެ ހިންގުންތެރި އެއް ޕާޓީގެ ގޮތުގައި އޮތް އަދާލަތު ޕާޓީގައި މިވަގުތު ތިބީ އެންމެ 8,844 އެވެ.

6000 މެމްބަރުންނަށް ވުރެ ދަށުގައި ތިން ޕާޓީ އޮތް އިރު އެއީ 5,836 މެމްބަރުން ތިބި އެމްއެންޕީއާއި 3,547 ތިބި ދި ޑިމޮކްރެޓްސް އަދި 3,046 މެމްބަރުން ތިބި ކުރީގެ ރައީސް ޔާމީންގެ ޕީއެންއެފްއެވެ.

އީސީއިން ބަލަހައްޓަމުންގެންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅަނީ އީ-ފާސް މެދުވެރިކޮށް އެ ކޮމިޝަނުގެ ޕޯޓަލް "my.elections.gov.mv" އަށެވެ.

އެގޮތުން އަލަށް ގެނެވުނު ބަދަލުތަކާއެކު ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފުތަރާގުޅޭގޮތުން ހުށަހަޅަމުންދާ މައްސަލަތައް މިހާރު ވަނީ ހުއްޓިފައި ކަމަށް އީސީން ބުނެއެވެ.

އަދި އެ ކޮމިޝަނުގެ މައި ޕޯޓަލްގެ ގިނަ ޚިދުމަތްތައް މިހާރު އާންމު ރައްޔިތުން ދަނީ ބޭނުންކުރަމުން ކަމަށާއި އެގޮތުން ޕާޓީއަށް ވަނުމާއި ވަކިވުމުގެ އިތުރުން ސިޔާސީ ޕާޓީއެއްގައި ނޫޅޭކަމުގެ ލިޔުންވެސް މިހާރު އާންމު ރައްޔިތުންނަށް ދޫކުރަނީ މައި ޕޯޓަލް މެދުވެރިކޮށް ކަމަށް އީސީން ވަނީ ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside