logoEN
cocacola
ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައާއި ގުޅިގެން އިންޑިއާގެ ސިއްހީ ހިދުމަތްތެރިން 24 ގަޑިއިރުގެ ހަޅުތާލަކަށް!

ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައާއި ގުޅިގެން އިންޑިއާގެ ސިއްހީ ހިދުމަތްތެރިން 24 ގަޑިއިރުގެ ހަޅުތާލަކަށް!

އަހުމަދު ޝުރާއު

logo

8/16/2024, 9:15:11 AM

# އިންޑިއާ

--

އިންޑިއާގެ އިރުމަތީ ސިޓީއެއް ކަމަށްވާ ކަލްކަތާގައި މިދިޔަ ހަފުތާގައި ޓްރެއިނީ ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލާގައި އެމަރަށް އިންސާފު ހޯދުމަށް ގޮވާލައި އެގައުމުގެ ސަރުކާރަށް ޕްރެޝަރ ކުރުމަށް އިންޑިއާގެ ހުރިހާ ސަރަހައްދުތަކެއްގައި ޑޮކްޓަރުންނާއި ނަރުހުން ހުޅުތާލު ކުރަން ނިންމައިފި އެވެ.

ގޮސިޔާ

އެ ގައުމުގެ ސިއްހީ ހިދުމަތްތެރިންގެ އެންމެ ބޮޑު އެސޯސިއޭޝަން ކަމަށްވާ އިންޑިއަން މެޑިކަލް އެސޯސިއޭޝަން (އައިއެމްއޭ) އިން ބުނީ 24 ގަޑިއިރަށް ހަޅުތާލަކަށް ސިއްހީ ހިދުމަތްތެރިން ދާން ފަށާނީ ހޮނިހިރު ދުވަހު ކަމަށާއި އޭގެ ސަބަބުން އެމަޖެންސީ ހިދުމަތްތައް ފިޔަވައި އެހެނިހެން ހުރިހާ ހިދުމަތްތައް 24 ގަޑިއިރަށް މެދުކަނޑާލާން ނިންމާފައިވާ ކަމަށެވެ.

ކޮލްކަތާގެ ސަރުކާރުން ހިންގާ އާރްޖީ ކަރް މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލުގެ ތެރޭގައި އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހު 31 އަހަރުގެ ޓްރެއިނީ ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލާގައި އެގައުމުގެ އެކި ސަރަހައްދުތަކުގައި އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ ނުރުހުން ފާޅުކުރަން ވަނީ ފަށާފައި އެވެ.

މި ހަޅުތާލަށް ސަރުކާރު އަދި ޕްރައިވެޓް ސިސްޓަމްތަކުގެ ގިނަ މެޑިކަލް ޔޫނިއަންތަކުން ވަނީ ތާއީދުކޮށްފަ އެވެ.

ބައެއް ސްޓޭޓްތަކުގެ ސަރުކާރުގެ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން ވަނީ އެކަމާ ދެކޮޅަށް "މުއްދަތެއް ނެތް ގޮތަށް" ޑިއުޓީ ކުރުން ހުއްޓާލާފައި އެވެ.

މަރާލާފައިވާ ޑޮކްޓަރު ފެނުނީ ޓީޗިން ހޮސްޕިޓަލުގެ ސެމިނާ ހޯލުން ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، އެ ޑޮކްޓަރު ސެމީނާ ހޯލަށް ދިޔައީ ދިގު ޝިފްޓެއްގައި ކުޑަ ވަގުތުކޮޅަކަށް އަރާމުކުރަން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ޑޮކްްޓަރުގެ ވަނަވަރު އާންމުކޮށްފައި ނުވާއިރު އެނާގެ އޮޓޮޕްސީއިން އޭނާ މަރާލާފައިވަނީ ރޭޕް ކުރުމަށްފަހުގައި ކަން ވަނީ ކަށަވަރުވެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ