
ވިއްސާރައިގެ ސަބަބުން ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި
# އެންޑީއެމްއޭ# އާދަމް ޝަރީފް އުމަރު# މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަރމަންޓް އަދި ޕަބްލިކް ވޯކްސް# މޫސުމީ ވިއްސާރަ 2024--
މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން ވަޒީރު އާދަމް ޝަރީފް އުމަރު ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުވުމުގައި ވަޒީރުގެ އިތުރުން ބައިވެރިވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރ އަހްމަދު ރަސީދު އާއި ޑިރެކްޓަރ ޖެނެރަލް އަހްމަދު ޝަރާހު އެވެ. އެންޑީއެމްއޭގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޗީފް އެގްޒެކެޓިވް ހިސާން ހަސަން އާއި ސެކެޓްރީ ޖެނެރަލް ސަފީނާޒް ހަސަން އެވެ. މި
ކައުންސިލްތަކާއި ބެހޭ ވުޒާރާއިން ބުނީ މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވަނީ ވިއްސާރައިގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭ ގޮތުންނާއި މިމައްސަލައަށް ދާއިމީ ހައްލެއް ހޯދުމާއި ގުޅޭ ގޮތުން ކަމަށެެވެ.
ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދުރު ރާސްތާ ޑިވެލޮޕްމަންޓް ޕްލޭން ހައްދަވައި މަސައްކަތް ކުރަން ޖެހޭކަން ވަޒީރު ވަނީ ފާހަގަ ކުރައްވާފަ އެވެ. މިމައްސަލައަށް ދާއިމީ ހައްލު ހޯދުމުގެ ކައުންސިލުތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓު ދަތިކަން ކަމުގައިވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.
ގުޅުންހުރި

އަންހެނުންނަށް ހުރި ފުރުސަތުތައް ފަހިކުރަން އިތުރަށް މަސައްކަތް ކުރަންޖެހޭ - އާދަމް ޝަރީފް

ރައީސް މުއިއްޒުއަށް ރަށްރަށުން އިޙުތިރާމާއި ލޯތްބާއި ތާއީދު ދަނީ އިތުރުވަމުން - އާދަމް ޝަރީފް

ހުޝިޔާރު: ކާރިސާތަކަށް ތައްޔާރުވުމާއި ރިސްކް ކޮމިއުނިކޭޝަނަށް ޚާއްޞަ ވެބްސައިޓެއް!





