



.jpg?w=3840&q=75)
%20(1).jpg?w=3840&q=75)



--
ސ. މީދޫގައި ދިމާވެފައިވާ ރަށްގިރުމާއި ފެންބޮޑުވުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާގެ ޑެޕިޔުޓީ މިނިސްޓަރ ޙައްސާން މުޙައްމަދު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ގެ އިންޖިނިއަރިންގ ޓީމެވެ. މި ބައްދަލުވުމުގައި ވަނީ ސ. މީދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް އަޅަންޖެހޭ ކުއްލި ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.
ސ. މީދޫއަކީ ފަހަކަށް އައިސް ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. މީގެ އިތުރުން ފެންބޮޑުވުމުގެ މައްސަލަވެސް ދިމާވަމުންދާތީ، ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެފައިވެއެވެ. މި މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަކީ ސަރުކާރުގެ އިސްކަންދޭ ކަމެއްކަމަށް ވަނީ ފާހަގަކުރެވިފައެވެ.
މި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި، ކުރިއަށް އޮތް ދުވަސްތަކުގައި ސ. މީދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފެށޭނެކަމަށް އުއްމީދުކުރެވެއެވެ.




.jpg?w=3840&q=75)