logoEN
cocacola
ވިއްސާރާގައިި ހއ ގެ 7 ރަށަކަށް ބޮޑެތި ގެއްލުންތަކެއް, ސިފައިންގެ ރެސްކިއު ޓީމެއް އެއަތޮޅަށް!

ވިއްސާރާގައިި ހއ ގެ 7 ރަށަކަށް ބޮޑެތި ގެއްލުންތަކެއް, ސިފައިންގެ ރެސްކިއު ޓީމެއް އެއަތޮޅަށް!

އަހުމަދު ޝުރާއު

logo

8/13/2024, 8:29:49 AM

# މޫސުން# މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަރމަންޓް އަދި ޕަބްލިކް ވޯކްސް# މޫސުމީ ވިއްސާރަ 2024

--

މިހާރު ރާއްޖެއަށް ކުރަމުންގެންދާ ވިއްސާރަގައި މިހާތަނަށް ހއ. އަތޮޅުގެ 7 ރަށެއްގައި ފެންބޮޑުވެ އެރަށްތަކަށް އެކިވަރުގެ ގެއްލުންތައް ވަމުންދާކަމުގައި ކައުންސިލްތަކުން މަޢުލޫމާތު ދެއްވާފައިވާ ކަމަށް ކައުންސިލްތަކާއި ބެހޭ ވުޒާރާއިން ބުނެފި އެވެ.

ގޮސިޔާ

އެވުޒާރާއިން ބުނީ އިއްޔެ އިން ފެށިގެން ވެހެމުންދާ ވާރޭ އަދިވެސް ހުއްޓާނުލާ ވެހުމުގެ ސަބަބުން ހޯރަފުށި، އިހަވަންދޫ ،ދިއްދު، ބާރަށް ، ކެލާ، މުރައިދޫ، މާރަންދޫ މިރަށްރަށުގައި ފެންބޮޑުވެ މީހުންގެ ގެދޮރަށާއި މުދަލަށް ގެއްލުން ލިބެމުން ދާކަމުގައި އެރަށްރަށުގެ ކައުންސިލްތަކުން ވަނީ މަޢުލުމާތު ދީފައިވާ ކަމަށެވެ.

އަދި ހޯރަފުއްޓާއި އިހަވަންދޫ ދިއްދޫ އަދި ކެލާގަައި ބޮޑުވެފައިވާ ފެންގަނޑު އަދިވެސް އެއްކޮށްވަނީ ހިންދާ ނުލެވޭ ކަމަށާއި އެމް.އެން.ޑީއެފްގެ ރެސްކިއު ޓީމެއް ހއ. އަތޮޅަަށް މިހާރުދަނީ ދަތުރު ކުރައްވަމުން ކަމަށްވެސް އެވުޒާރާއިން ބުނެއެވެ.

ހއ. ހޯރަފުށީގެ ދެކުނު ސަރަހައްދުގައި ފެންބޮޑުވުމުގެ ސަަބަބުން 6 ގެއަކަށް ފެންވަނުމުގެ ސަބަބުން އެ 6 އާާއިލާ ރަށްކާތެރި ހިސާބަކަށް ބަދަލުކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން މިހާރުކުރަމުން ގެންދަވާކަމަށްް ވެސް އެވުޒާރާއިން ބުނެއެވެ.

ހއ. އަތޮޅުގެ ރަށްތަކަކަށް މިހާރުކުރަމުންގެންދާ ވިއްސާރާގައި އެހިތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މިއަދު ހެދުނު ވަނީ ސިޓީސް މިނިސްޓަރ އާދަމް ޝަރިފާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މަޝްވަރާވެސް ކުރަށްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ