logoEN
cocacola
ޕީއެންސީއަށް މެންބަރުން އިތުރު ކުރުމުގެ ހަރަކާތެއް މުޅި ރާއްޖޭގައި ފަށައިފި

ޕީއެންސީއަށް މެންބަރުން އިތުރު ކުރުމުގެ ހަރަކާތެއް މުޅި ރާއްޖޭގައި ފަށައިފި

އަހުމަދު ޝުރާއު

logo

8/10/2024, 8:43:57 AM

# ޕީއެންސީ

--

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ހެދުމުގެ އަމާޒުގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީިޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މަސައްކަތް ފަށައިފި އެވެ.

ގޮސިޔާ

މި ހަރަކާތާއި ގުޅޭގޮތުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޒީނާޒް އަދުނާން މިއަދު ވިދާޅުވީ މި މަސް ފެށުމާއެކު ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ ހަރަކާތްތަކެއް މުޅި ރާއްޖޭގައި ފަށާފައިވާ ކަމަށެވެ. މި ހަރަކާތްތައް މާލެ، ވިލިމާލޭގެ އިތުރުން 12 ދާއިރާއެއްގައި މިހާރު ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހަރަކާތްތަކުގައި، ޕާޓީގެ މެންބަރުން މީހުންނާ ބައްދަލުކޮށް ޕާޓީއަށް ވަންނަން ޝައުގުވެރިވާ ފަރާތްތަކުގެ ފޯމު ފުރައިދިނުން ކުރިއަށް ދާނެ އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މީ އެންމެ ބޮޑު ޕާޓީއަށް ހަދައި، އެންމެ މެންބަރުން ގިނަ ޕާޓީއަށް ޕީއެންސީ ހެދުން،" ޒީނާޒް ވިދާޅުވި އެވެ.

މި ހަރަކާތުގައި ޕީއެންސީގެ އިސްވެރިންނާއި ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ