logoEN
cocacola
އިޒްރޭލަށް ހަރުކަށި އަދަބު ދިނުމުގެ އޯޑަރު އީރާނުގެ އިސް ލީޑަރު, އަސްކަރިއްޔާއަށް ދެއްވައިފި

އިޒްރޭލަށް ހަރުކަށި އަދަބު ދިނުމުގެ އޯޑަރު އީރާނުގެ އިސް ލީޑަރު, އަސްކަރިއްޔާއަށް ދެއްވައިފި

އަހުމަދު ޝުރާއު

logo

8/9/2024, 5:30:19 PM

# އިރާން-އިސްރާއިލް

އިޒްރޭލަށް ހަރުކަށި އަދަބު ދިނުމުގެ އޯޑަރު އީރާނުގެ އިސް ލީޑަރު އަސްކަރިއްޔާއަށް ދެއްވައިފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ގޮސިޔާ

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ކޮމާންޑަރެއް ކަމަށްވާ އަލީ ފަދާވީ ވިދާޅުވީ ތެހެރާނުގައި ހަމާސްގެ ސިޔާސީ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލި މައްސަލާގައި އިސްރާއީލަށް ހަރުކަށި އަދަބު ދިނުމަށް ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ނެރުއްވި އަމުރެއް އީރާނުން ތަންފީޒު ކުރަން ތައްޔާރުވެފައިވާ ކަމަށެވެ.

"އިސްރާއީލަށް ހަރުކަށި އަދަބު ދިނުމާއި ޝަހީދު އިސްމާއިލް ހަނިއްޔާގެ ލޭގެ ބަދަލު ހިފުމާ ބެހޭ ގޮތުން އެންމެ މަތީ ވެރިޔާ އަންގަވާފައިވާ ވަރަށްވެސް ސާފު. އަދި އެކަންކަން އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރެވޭނެ،" ފަދާވީ ވިދާޅުވި އެވެ.

ނަމަވެސް މި އަމުރު ތަމްފީޒުކުރަން ފަށާނީ ކޮން އިރަކު ކަމެއް ފަދާވީ ވިދާޅުވެފައެއް ނުވެއެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުގައި އިސްރާއީލަށް ހަމަލާތައް ދިނުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އިރާނުގެ އަސްކަރިއްޔާއިން ވަނީ ފަށާފައިއެވެ. އެގޮތުން ކުރިޔަށް އޮތް 48 ވަރަކަށް ގަޑިއިރުގެ ތެރޭގައި ހަމަލާތައް ފަށާނެ ކަމަށް ބެލެވޭ ކަަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

އިތުރު ތަފްސީލް އަންނަނީ ..

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ