logoEN
cocacola
އިރާނުގެ ރައީސް , އަނިޔާވެރި ނަތަންޔާހޫއަށް: މިރޭގެ ހަމަލާއަކީ އަހަރަމެންގެ ގާބިލުކަމުގެ ކުޑަ މިންވަރެއް!

އިރާނުގެ ރައީސް , އަނިޔާވެރި ނަތަންޔާހޫއަށް: މިރޭގެ ހަމަލާއަކީ އަހަރަމެންގެ ގާބިލުކަމުގެ ކުޑަ މިންވަރެއް!

އަހުމަދު ޝުރާއު

logo

10/1/2024, 7:22:35 PM

# އިރާން-އިސްރާއިލް

މިރޭ އިޒްރޭލަށް އަމާޒުކޮށް އިރާނުން ފޮނުވާލި މިސައިލްތަކަކީ އިރާނުގެ ގާބިލުކަމުގެ ކުޑަ މިންވަރެއް ކަމަށް އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ރައީސް މަސްއޫދު ޕެޒެޝްކިއަން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިރޭގެ ހަމަލާއަކީ އިރާނުގެ ގާބިލުކަން ދައްކުވައިދޭ ކުޑަ މިންވަރެއް ކަމަށާއި އިރާނާއި ތޮޅެން އިޒްރޭލު ނޫޅުމަށެވެ. އަދި މިރޭގެ ހަމަލާއަކީ އިރާނު ރައްޔިތުންގެ ދިފާއުގައި އިރާނުން ދިން ހަމަލާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"[ބެންޖަމިން] ނަތަންޔާހޫ ވިސްނަންވީ އީރާނަކީ ހަނގުރާމަވެރި ގައުމެއް ނޫން ނަމަވެސް ކޮންމެ ނުރައްކަލަކާ ދެކޮޅަށް ވެސް ސާބިތުކަމާ އެކު ތެދުވާނެ ގައުމެއް ކަން " އޭނާ ވިދާޅުވިއެވެ.

އިރާނުން މިރޭ ވަނީ އިޒްރޭލަށް އަމާޒުކޮށް 200 އެއްހާ ސުޕަސޮނިކް މިސައިލް ފޮނުވާލާފައި އެވެ. މި ހަމަލާ އިރާނުން އަމާޒުކުރީ އިޒްރޭލު އަސްކަރިއްޔާގެ ބައެއް ސަރަހައްދުތަކަށް ކަމަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ބުނެފައި އެވެ. އަދި ހަމަލާތަކުގެ 90 އިންސައްތަ އަމާޒުތަކަށް ވާސިލުވި ކަމަށްވެސް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނެއެވެ.

މިރޭގެ ހަމަލާގައި އިރާނުން ބޭނުންކުރީ އެގައުމުގެ އެންމެ ވަރުގަދަ އެއް މިސައިލްތައް ކަމަށްވާ އަޑަށްވުރެ ހަތް ގުނަ ބާރަށް ދަތުރުކުރާ ހައިޕާސޮނިކް މިސައިލް "ފައްތާހު " އެވެ. މި މިސައިލް އިޒްރޭލަށް ފޯރަން ނަގަނީ އެންމެ 12 މިނެޓެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ