
އިޒްރޭލަށް ދެކޮޅަށް މިރޭ ފޮނުވާލީ އަޑަށްވުރެ ހަތް ގުނަ ބާރަށް ދަތުރުކުރާ ހައިޕާސޮނިކް މިސައިލެއް ކަމަށްވާ "ފައްތާހު " މިސައިލް ކަމަށް އިރާނުން ބުނެފި އެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނީ އިސްރާއީލަށް ދިން ހަމަލާގައި "ފުރަތަމަ ފަހަރަށް" ހައިޕަސޮނިކް "ފައްތާހު" މިސައިލް ބޭނުންކުރި ކަމަށެވެ.
މިއިީ ހަނގުރާމައިގެ ވަގުތެއްގައި އިރާނުން މި މިސައިލް ބޭނުންކުރި ފުރަތަމަ ފަހަރެވެ. މި މިސައިލް މީގެ ކުރިން ޓެސްޓިންގައި ބޭނުންކުރި ނަމަވެސް ހަމަލާއެއް ދިނުމަށް މީގެ ކުރިން ބޭނުންކޮށްފައެއް ނުވެއެވެ.
އިރާނުން މިރޭ ވަނީ ޔަހޫދީ އިޒްރޭލުގެ އެކި އަމާޒުތަކަށް 200 އެއްހާ މިސައިލް ފޮނުވާލާފައި އެވެ. މީގެ ތެރެއިން ބައެއް މިސައިލްތައް އިޒްރޭލާއި އިޒްރޭލަށް އެހީވާ ގައުމުތަކުން އިންޓަސެޕްޓު ކުރި ނަމަވެސް ބައެއް މިސައިލްތައް ވަނީ އަމާޒަށް ފޯރާފައި އެވެ.
މި ހަމަލާގެ ޑެމޭޖް އެސެސްމެންޓެއް އިޒްރޭލުން މިހާރު ހަދަމުންދާއިރު ހަމަލާގައި ލިބުނު ގެއްލުންތައް އަދި މިހާތަނަށް ސާފު ވެފައެއް ނުވެއެވެ.
އިރާނުން ބޭނުންކުރި "ފައްތާހު " މިސައިލް އިޒްރޭލަށް އަމާޒުވާން ނަގަނީ އެންމެ 12 މިނެޓެވެ.
"ފައްތާހު"ގެ ނަން ދީފައިވާ އެ މިސައިލަކީ 1500 ކިލޯމީޓަރުގެ ރާސްތާގެ މިސައިލެކެވެ. މި މިސައިލް އުފައްދާފައިވަނީ އީރާނުގެ އެއަރޯސްޕޭސް އިންޑަސްޓްރީންނެވެ. މި މިސައިލް އުފައްދާ ރަސްމީކޮށް ދައްކާލި މިދިޔަ އަހަރުގެ ތެރޭގައި އެވެ.
ގުޅުންހުރި

އިޒްރޭލަށް ހަމަލާއެއްދޭން މިދަނީ ތައްޔާރީތައް ވަމުން - އިރާން

ހަމަލާދީފިނަމަ އިޒްރޭލުގެ ހަކަތައާއި ގޭސް ސައިޓްތަކަށް ހަމަލާދޭނަނަށް: އިރާނު

އިރާނުގެ ރައީސް , އަނިޔާވެރި ނަތަންޔާހޫއަށް: މިރޭގެ ހަމަލާއަކީ އަހަރަމެންގެ ގާބިލުކަމުގެ ކުޑަ މިންވަރެއް!
