logoEN
cocacola
ކާތިކްގެ ޗަންދޫ ޗެމްޕިއަން އެމެޒޯން ޕްރައިމަށް!

ކާތިކްގެ ޗަންދޫ ޗެމްޕިއަން އެމެޒޯން ޕްރައިމަށް!

އަހުމަދު ޝުރާއު

logo

8/9/2024, 12:08:39 PM

# ބޮލީވުޑް

--

ބޮލީވުޑްގެ ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބުތަކެއް ހޯދި "ޗަންދޫ ޗެމްޕިއަން" އެމެޒޯން ޕްރައިމްގައި ސްޓްރީކްކުރަން ފަށައިފި އެވެ.

ގޮސިޔާ

ކަބީރު ޚާން ޑައިރެކްޓްކޮށް ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސްކުރި މި ފިލްމަކީ ހިތްގައިމު ހަގީގީ ވާހަކައެއްގެ ބާރުގަދަ މަންޒަރުތަކުން ބެލުންތެރިން ހިތްގައިމު ކޮށްލާނެ ފިލްމެކެވެ.

މި ފިލްމުގައި ކާތިކް އާރްޔަން ފެނިގެންދާނީ އިންޑިއާގެ ޕެރަލިމްޕިކް ރަން މެޑަލް ހޯދި މުރްލިކާންތު ޕެޓްކަރްގެ ރޯލުންނެވެ. ކާތިކްއާއި އެކު މި ފިލްމުން ވިޖޭ ރާޒް، ބުވަން އަރޯރާ، ޔަޝްޕަލް ޝަރުމާ، ރާޖްޕާލް ޔާދަވް، އަނީރޫދް ޑޭވް އަދި ޝްރެޔަސް ތަލްޕަޑޭ ފަދަ ތަރިންފެނެއެވެ.

"ޗަންދޫ ޗެމްޕިއަން" އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން އިންޑިއާގެ އިތުރުން ދުނިޔޭގެ 240 އަށް ވުރެ ގިނަ ގައުމުތަކާއި ސަރަހައްދުތަކުގައި ސްޓްރީމް ކުރަން ފެށިގެން މިއަދު އެމެޒޯން ޕްރައިމްއިން ވަނީ އިއުލާނުކޮށްފައެވެ.

"ޗަންދޫ ޗެމްޕިއަން" އަކީ 1965 ވަނަ އަހަރު އިންޑިއާ-ޕާކިސްތާން ހަނގުރާމައިގައި ހަނގުރާމަކުރި ސިފައިންގެ މީހެއް ކަމަށްވާ މުރްލިކާންތު ޕެޓްކަރްގެ ފާހަގަކޮށްލެވޭ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން އުފެދުމުގެ ސަބަބުން ބޮޑެތި ޒަހަމްތަކެއް ލިބުމަށްފަހު ޕެޓްކަރަށް ކުރިމަތިވި ކަންކަން މި ފިލްމުން ފެނިގެން ދެއެވެ. ހުރިހާ ގޮންޖެހުންތަކަކާ ކުރިމަތިލައި، މަޝްހޫރު އެތުލީޓެއްގެ ގޮތުގައި އޭނާ ވަނީ 1972 ވަނަ އަހަރު އިންޑިއާގެ ފުރަތަމަ ޕެރަލިމްޕިކް ރަން މެޑަލް ހޯދައިފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ