logoEN
cocacola
ޕަބްލިކް ޕްރޮކިއުމަންޓަށް އަހުލުވެރި ކުރުވުމަށް ށ.އަތޮޅުގައި މަސައްކަތު ބައްދަލުވުމެއް ފަށައިފި

ޕަބްލިކް ޕްރޮކިއުމަންޓަށް އަހުލުވެރި ކުރުވުމަށް ށ.އަތޮޅުގައި މަސައްކަތު ބައްދަލުވުމެއް ފަށައިފި

އަހުމަދު ޝުރާއު

logo

8/9/2024, 11:21:16 AM

# ފިނޭންސް މިނިސްޓްރީ

--

ދައުލަތުގެ މުވައްޒަފުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަހުލުވެރިކުރުމުގެ ގޮތުން މާލީ ވުޒާރާއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ޕަބްލިކް ޕްރޮކިއުމަންޓަށް އަހުލުވެރި ކުރުވުމަށްޓަކައި، ށ.އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

ގޮސިޔާ

ށ.އަތޮޅު ކައުންސިލާ ގުޅިގެން ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމަކީ، ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓުގެ ފަރާތުން ޕަބްލިކް ޕްރޮކިއުމަންޓްގެ ދާއިރާއިން ހިންގާ ފުރަތަމަ ޕުރޮގުރާމެވެ. މި ބައްދަލުވުން ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަށެވެ.

މި ބައްދަލުވުމުގެ މަޤްޞަދަކީ ށ.އަތޮޅުގެ ރަށްތަކުގައި ތިބި ދައުލަތުގެ މުވައްޒަފުންނަށް ޕަބްލިކް ޕްރޮކިއުމަންޓްގެ އުސޫލުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމެވެ. މިކަމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް މުދަލާއި ޚިދުމަތް ހޯދުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.

މި ބައްދަލުވުމުގައި ށ.އަތޮޅުގެ އެކި ރަށްރަށުން ދައުލަތުގެ މުވައްޒަފުން ބައިވެރިވެވަޑައިގަންނަވައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެން އަތޮޅުތަކުގައިވެސް މިފަދަ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ރޭވިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ