logoEN
cocacola
އެމްއެމްއޭއަށް 5 މެނޭޖިންގ ޑިރެކްޓަރުން ހޯދަނީ

އެމްއެމްއޭއަށް 5 މެނޭޖިންގ ޑިރެކްޓަރުން ހޯދަނީ

އަލްފާ އަލީ

logo

8/8/2024, 5:18:24 PM

# އެމްއެމްއޭ

-

ރާއްޖޭގެ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް 5 މެނޭޖިންގ ޑިރެކްޓަރުން ހޯދަން އިއުލާންކޮށްފި އެވެ.

ގޮސިޔާ

މަރުކަޒީ ބޭންކުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ އެ އިދާރާގެ ފަސް މެނޭޖިން ޑިރެކްޓަރުންގެ މަގާމަށް، ހުނަރުވެރި ގާބިލް އަދި އިހްލާސްތެރިކަމާއި ތެދުވެރިކަމާ އެކު ކުރިއަށް ދިއުމަށް ޝައުގުވެރިވާ މީހުން ބޭނުންވާ ކަމަށެވެ.

އެމްއެމްއޭއިން މެނޭޖިން ޑިރެކްޓަރުން ހޯދަނީ މަނިޓަރީ ޕޮލިސީ، ރިސާޗް އެންޑް ސްޓެޓިސްޓިކްސް ދާއިރާއާއި، ފައިނޭންޝަލް ސްޓެބިލިޓީ ދާއިރާގެ އިތުރުން، ބޭންކިން އޮޕަރޭޝަންސް ދާއިރާއާއި ކޯޕޮރޭޓް ސަވިސަސް ދާއިރާ އަދި ފައިނޭންޝަލް ސެކްޓާ ޑިވަލަޕްމަންޓް ދާއިރާ އަށެވެ.

މި ފަސް މަގާމުގެ ވެސް މުސާރަ އާއި އިނާޔަތަކީ 50,000ރ – 55,000ރ. ގެ އަދަދެއް ކަމަށް އެމްއެމްއޭގެ އިއުލާނުގައި ބުނެފައިވެއެވެ. އަދި މި މަގާމުގެ މުއްދަތަކީ 5 އަހަރުގެ ދެ ދައުރެވެ.

މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ