logoEN
cocacola
އުލިގަމު ޕޯޓު ފެސިލިޓީއަށް މުވައްޒަފުން ހޯދަނީ

އުލިގަމު ޕޯޓު ފެސިލިޓީއަށް މުވައްޒަފުން ހޯދަނީ

އަލްފާ އަލީ

logo

8/8/2024, 4:11:12 PM

# އެމްޕީއެލް

-

އިހަވަންދިއްޕޮޅުގައި ފަށާ ބަންކަރިން ހިދުމަތް ފެށުމަށް ހއ. އުލިގަމުގައި ގާއިމްކުރާ ޕޯޓް ފެސިލިޓީއަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.

ގޮސިޔާ

އެމްޕީއެލް އިން މިއަދު ވަނީ އުލިގަމުގައި ގާއިމްކުރާ ޕޯޓް ފެސިލިޓީއަށް 7 މުވައްޒަފަކު ހޯދުމަށް އިއުލާންކޮށްފައެވެ. އެއީ އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އެސޯސިއޭޓޯއަކާއި ލޭބަރެއްގެ އިތުރުން ހަތަރު ސެކިއުރިޓީ އެސިސްޓަންޓްއެވެ.

މި ވަޒީފާތަކަށް ހުށަހެޅުމުގެ ސުންގަޑި އަކީ މި މަހުގެ 15 ވަނަ ދުވަހުގެ 15:30 އާ ހަމައަށެވެ.

އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިން ސާވިސް އާއި މެރިޓައިމް ހިދުމަތް ފެށުމަށް އެމްޕީއެލް އިން އަންނަނީ ތައްޔާރުވަމުންނެވެ. އަދި އުލިގަމުގައި ޔޮޓް މެރީނާއެއް ހެދުމަށް އެމްޕީއެލް އިން ވަނީ މިހާރު ބީލަމަށް ހުޅުވާލާފައެވެ.

ބަންކަރިންގ ހިދުމަތް ފެށުމަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓް ކުޅުދުއްފުށި ޕޯޓަށްވެސް މިހާރު ވަނީ ގެންގޮސްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ