
--
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އިހަވަންދޫ ކައުންސިލަށް ކެރޭނެއް ހަދިޔާކޮށްފި އެވެ.

މި ކެރޭން ހަދިޔާކުރުމަށް މިއަދު އެރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައި އެވެ. މި ރަސްމިއްޔާތުގައި އެމްޕީއެލްއާއި އިހަވަންދޫ ކައުންސިލާއި ދެމެދު ވަނީ ކެރޭން ރަސްމީކޮށް ހަވާލުކުރުމުގެ ލިޔުމުގައި ސޮއިކޮށްފައެވެ. އެގޮތުން އެ ލިޔުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަހުމަދު ސަބާހް އެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އެވެ.
ލިޔުމުގައި ސޮއިކުރުމަށްފަހު އެމްޕީއެލްގެ ސީއީއޯ ވަނީ ކެރޭނުގެ ރަމްޒީ ތަޅުދަނޑި ކައުންސިލްގެ ރައީސްއާއި ހަވާލުކުރައްވާފައި އެވެ.
އެމްޕީއެލުން ބުނީ މިއީ އިހަވަންދޫ ކައުންސިލާއި އެކު މީގެ މަހެއްހާ ދުވަސް ކުރިން އެކުންފުނިން ބޭއްވި ބައްދަލުކުރެއްވުމެއްގައި އެކައުންސިލްގެ ފަރާތުން އެދުނު ކަމެއް ކަމަށާއި މިއީ އެކުންފުނީގެ ސީއެސްއާރްގެ ދަށުން އެރަށަށް ފޯރުކޮށްދިން ކެރޭނެއް ކަމަށެވެ.
އެމް.ޕީ.އެލްއިން އިހަވަންދޫ ކައުންސިލަށް ހަދިޔާކުރީ "KOBELCO" ބްރޭންޑްގެ 25 ޓަނުގެ ކްރޭނެކެވެ.