logoEN
cocacola
އުތުރު މެރިޓައިމް ސާވިސް ހޯދުމަށް އައި ފުރަތަމަ އުޅަނދު އިހަވަންދިއްޕޮޅުގައި ބަނދަރުކޮށްފި

އުތުރު މެރިޓައިމް ސާވިސް ހޯދުމަށް އައި ފުރަތަމަ އުޅަނދު އިހަވަންދިއްޕޮޅުގައި ބަނދަރުކޮށްފި

އަލްފާ އަލީ

logo

10/3/2024, 2:36:14 PM

# އިހަވަންދިއްޕޮޅު# އެމްޕީއެލް# މެރިޓައިމް ސާވިސް# ހއ. އުލިގަން# ޔޫއެމްއެސް

-

އުތުރު މެރިޓައިމް ސަރވިސް (ޔޫ.އެމް.އެސް)ގެ ޚިދުމަތް ހޯދުމަށް އައި ފުރަތަމަ އުޅަނދު މިއަދު ހެނދުނު އިހަވަންދިއްޕޮޅުގައި ބަނދަރުކޮށްފިއެވެ.

ގޮސިޔާ

ޔޫ.އެމް.އެސްގެ ދަށުން ތަޢާރަފްކުރި ބައެއް ޚިދުމަތްތައް ހޯދުމަށް މިއަދު ހެނދުނު އިހަވަންދިއްޕޮޅަށް ބަނދަރުކުރީ "ޖިއަން ޖިއޭ" (JIAN JIE) ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެކެވެ. ޕެނަމާއަށް ނިސްބަތްވާ މި ބޯޓް ދަތުރުކުރަމުންދަނީ ޔޫއޭއީގެ އަބޫ ދާބީން ފުރައިގެން ޗައިނާއަށް ދިއުމަށެވެ.

undefined

މި ބޯޓުން ކުރޫ ޗޭންޖްވާ ފަޅުވެރިން ވަނީ މިއަދު ހަވީރު އުލިގަމަށް ފައިބައި އުލިގަމުގައި ހަދާފައިވާ "ސީމަންސް ރެސްޓް އޭރިޔާ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

ބޯޓުގެ ފަޅުވެރިންނަށް އުލިގަމުން ވަނީ ބޮޑުބެރުގެ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ. މި ހަރަކާތުގައި, އުލިގަމުގެ ގިނަ އަދަދެއްގެ ރައްޔިތުންވެސް ބައިވެރިވިއެވެ.

undefined

މި ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ސީ.އީއޯ މުޙައަމަދު ވަޖީހް އިބްރާހިމް، ހޯރަފުށި ދާއިރާގެ މެމްބަރު އަލީ މޫސާ އަދި އުލިގަން ކައުންސިލްގެ ރައީސް އަޙްމަދު މުއާޒް މުޙައްމަދު ބައިވެރިވެވަޑައިގަތެވެ.

އުލިގަމުގައި މިއަދު ހުޅުވި "ސީމަންސް ރެސްޓް އޭރިޔާ" އަކީ އުލިގަމުގައި އެމް.ޕީ.އެލް އިން ޤާއިމްކޮށްފައިވާ އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިން އެތެރެވާ އުޅަނދު ފަހަރުގެ ފަޅުވެރިންނަށް، އެ ރަށުގައި މަޑުކޮށް، އަރާމުކޮށްލައި ބައެއް ކުޅިވަރުތައް ކުޅެވޭގޮތަށް ހަދާފައިވާ ތަނެކެވެ.

undefined

އުލިގަމަށް ފޭބި ފަޅުވެރިންގެ ތެރޭގައި ހިމެނޭ "ޖިއަން ޖިއޭ" (JIAN JIE) ބޯޓުގެ ކެޕްޓަން ބުނީ ބޯޓު ދަތުރުކުރުމުގައި އޭނާ ހޭދަކުރި 20 އަހަރުގެ ތެރޭގައި "މިހާ ފުރިހަމަ މެހެމާންދާރީއެއް އަދި ދުވަހަކުވެސް ތަޖުރިބާ ނުކުރެވޭ" ކަމަށެވެ.

"ވިހި އަހަރު އަހަރެން މި ދާއިރާގައި މަސައްކަތްކޮށްފި. އެކަމަކު މިހާތަނަށް ޒިޔާރަތްކުރި އެއްވެސް ތަނަކުން، މިހާ ފުރިހަމަ މެހެމާންދާރީއެއް ތަޖުރިބާއެއް ނުކުރަން،" ކެޕްޓަން ބުންޏެވެ.

އިހަވަންދިއްޕޮޅަށް މިއަދު ބަނދަރުކުރި އުޅަނދުން ވަނީ ޔޫ.އެމް.އެސްގެ ޚިދުމަތުގެ ދަށުން ކްރޫ ޗޭންޖްގެ ޚިދުމަތާއި ފެނާއި ސަޕްލައި ކުނި ނައްތާލުން އަދި ބައެއް ސްޕެއަރ ޕާޓްސް ހޯދުމަށް އެދިފައެވެ. އަދި މެއިންޓޭނަންސްގެ ބައެއް މަސައްކަތްތައްވެސް ކުރަންޖެހޭތީ ފަސް ވަރަކަށް ދުވަހު އިހަވަންދިއްޕޮޅުގައި މި އުޅަނދު މަޑުކުރާނެ ކަމަށް ލަފާކުރެވެއެވެ.

ކްރޫ ޗޭންޖް ޚިދުމަތުގައި މި އުޅަނދުގައި މި ވަގުތު ތިބި 9 ކްރޫ ރާއްޖެއިން ފުރުވާލާނެއެވެ. އަދި ރާއްޖެއަށް ވައި މަގުން އަންނަ 6 ފަޅުވެރިން ހއ.އަތޮޅަށް ގެންގޮސް، އެ ބޯޓަށް އެރުވުމުގެ އިންތިޒާމްތައް ކުރިއަށް ގެންދާނެއެވެ. މި އުޅަނދަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެމް.ޕީ.އެލްގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތައްވެސް ބައިވެރިވާނެއެވެ.

undefined

އުތުރުގައި މެރިޓައިމްގެ ޚިދުމަތްތައް ފެށީ ދިވެހިރާއްޖޭގެ އިޤްތިސާދު ސިންދަފާސްކޮށް، މެރިޓައިމްގެ ދާއިރާއިން އިޤްތިސާދަށް އިތުރު މަންފާ ހޯދުޖަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްނަގައިގެން ފެށި މަސައްކަތެކެވެ.

އެމްޕީއެލް ގެ ސީ.އީ.އޯ ވަޖީހް ވިދާޅުވީ މި ބޯޓު އިހަވަންދިއްޕޮޅުގައި މަޑުކުރާ ދުވަސްވަރުގައި އެ ސަރަހައްދުގެ ރައްޔިތުންނަށް ވިޔަފާރިގެ އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި މިއީ މެރިޓައިމްގެ ދާއިރާގެ ތަރައްޤީއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ މި ހުރިހާ ޚިދުމަތެއްގެ މަޢުލޫމާތު އެއްތަނަކުން ފޯރިކޮށްދިނުމަށް ޔޫއެމްއެސް ވެބްސައިޓް މިހާރު ވަނީ ތައާރަފްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ