
--
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް, އެމްޕީއެލްގެ އައު އެމްޑީއަކަށް ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

ސަރުކާރު ކުންފުނިތަކުގެ ބެލެނެވެރި ފަރާތްތަކަށްވާ ޕީސީބީއިން މިއަދު ބުނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމަށާއި ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމަށް ހ. ހަބަރުގެ، އަލްފާޟިލް މުޙައްމަދު ރިޝްވާނު، މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ.
އެގޮތުން އެމްޕީއެލްއަށް އައު އެމްޑީއަކު އައްޔަނުކޮށްފައިމިވަނީ އެމަގާމުގައި ކުރިން ހުންނެވި މުޙައްމަދު ވަޖީހު އިބްރާހީމް މިމަހުގެ ދެވަނަ ދުވަހު މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ.
އަލަށް އައްޔަނުކުރެވުނު އެމްޑީ, ރިޝްވާން އަކީ ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރެކެވެ. ރިޝްވާން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯކަންވެސް ކުރައްވައިފަ އެވެ.
ގުޅުންހުރި

މިދިޔަ ހަފުތާގައި އެމްޕީއެލް އިން 1،359 ކޮންޓެއިނަރުގެ މުދާ ކްލިއަރ ކުރި!

އެމްޕީއެލްއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެނީ

ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ހަވާލުކޮށް އެ ބަނދަރަށް އިތުރު ހިދުމަތްތަކެއް!
