logoEN
Sto top
އެމްޕީއެލްގެ ސީއީއޯ ކަމުން ވަޖީހު ވަކިކޮށްފި

އެމްޕީއެލްގެ ސީއީއޯ ކަމުން ވަޖީހު ވަކިކޮށްފި

އަހުމަދު ޝުރާއު

logo

2/2/2025, 5:06:23 PM

# އެމްޕީއެލް

--

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް, އެމްޕީއެލްގެ ސީއީއޯގެ މަގާމުން ވަޖީހު އިބްރާހިމް ވަކިކޮށްފި އެވެ.

Wamco

މިކަން ހާމަކުރީ މިރޭ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑު, ޕީސީބީން އެކްސްގައި ކުރި ޕޯސްޓެއްގައި އެވެ.

އެގޮތުން ޕީސީބީއިން ބުނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމުންނާއި ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމުން ދަފްތަރު ނަންބަރު ރސ 4589، އަލްފާޟިލް މުޙައްމަދު ވަޖީހު އިބްރާހީމް، މިއަދު ވަކިކޮށްފައިވާ ކަމަށެވެ.

View post on Twitter

ވަޖީހު މަގާމުން ވަކިކުރި އިރު އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ގެ އާއިލީ ބޭފުޅެކެވެ. ދާދި ފަހުން އަބްދުއްރަހީމް އާއި ރައީސް ޑރ މުހައްމަދު މުއިއްޒު އާއި ދެމެދު ގުޅުން ގޯސްވެފައިވާކަން އަބްދުއްރަހީމް ދާދި ފަހުން ވަނީ ކަށަވަރުކޮށްދީފައި އެވެ. އެގޮތުން އެކަން އަބްދުއްރަހީމް ކަށަވަރުކޮށްދިނީ މިދިޔަ ހަފްތާގެ ތެރޭގައި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް , ޓުއަރިޒަމް މިނިސްޓަރުގެ މަގާމުން ވަކިކުރެއްވުމާއި އެކުގައި އެވެ.

ވަޖީހަކީ 2013 އިން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް އެމްޕީއެލްގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އެމްޕީއެލްގެ ވަޒީފާއަދާ ކުރެއްވުމުގެ ކުރިން އޭނާ ވަނީ ރާއްޖޭގެ ގިނަ ސްކޫލުތަކެއްގެ ޕްރިންސިޕަލްކަމުގެ މަގާމު ފުރުއްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside