logoEN
cocacola
މަގުބައްތިތަކުގެ މައްސަލަ ޙައްލުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިިފި

މަގުބައްތިތަކުގެ މައްސަލަ ޙައްލުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިިފި

އަހުމަދު ޝުރާއު

logo

8/8/2024, 12:55:31 PM

# މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަރމަންޓް އަދި ޕަބްލިކް ވޯކްސް

--

މަގުބައްތިތަކުގެ މައްސަލަ ޙައްލުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިިފިއެވެ.

ގޮސިޔާ

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އިން ބުނީ މި ނިންމުން ނިންމެވީ މިއަދު ހެނދުނު ފިނޭންސް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި މި ކަމާ ގުޅުން ހުރި ސަރުކާރުގެ އެންމެހައި މުއައްސަސާތަކުގެ ވެރިން ބައިވެރިވެ ވަޑައިގެން ކުރެއްވި މަޝްވަރާތަކަކަށް ފަހުގައެވެ.

މި ބައްދަލުވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރުގެ އިތުރުން ފިނޭންސް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޝަފީޤާއި، އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމާއި، ފެނަކައިގެ އެމްޑީ މުޢާޒް މުޙައްމަދު ރަޝީދާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޔަޒީދު އަޙްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކަނޑައަޅައިފައިވާ ސަލާމަތީ މިންގަނޑަށް ނުފެތޭ ގޮތަށް ކަރަންޓް ދޫކުރެވިފައިވާ މަގުބައްތިތަކަށް ދާއިމީ ޙައްލެއް ހޯދުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި މި ބައްދަލުވުމުގައި، މަގުބައްތިތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަގުތީ ޙައްލެއް މިއަހަރުތެރޭ ހޯދާ ގޮތަށް ވެސް ނިންމެވިއެވެ.

މަގުބައްތިތައް ސަލާމަތީ މިންގަނޑަށް ފެއްތުމަކީ، މުހިންމު ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ނިންމެވީ ރައްޔަތުންގެ ސަލާމަތާ ރައްކާތެރި ކަމަށް ޓަކައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ