logoEN
cocacola
 ރަތް ކަނޑުގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ އަސްކަރީ ދެ މަނަވަރަކަށް ހޫތީންގެ މިސައިލް ހަމަލާއެއް!

ރަތް ކަނޑުގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ އަސްކަރީ ދެ މަނަވަރަކަށް ހޫތީންގެ މިސައިލް ހަމަލާއެއް!

އަހުމަދު ޝުރާއު

logo

8/7/2024, 6:19:04 PM

# ހޫތީން

ރަތް ކަނޑުގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ އަސްކަރީ ދެ މަނަވަރަކަށް ހަމަލާދީފައިވާކަމަށް ޔަމަނުގެ ހޫތީން ބުނެފި އެވެ.

ގޮސިޔާ

ޔަމަނުގެ ހޫތީ ޖަމާއަތުން ބުނީ، ރަތް ކަނޑުގައި ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ކޮންޓްޝިޕް އޮނޯ ނަމަކަށް ކިޔާ އުޅަނދަކަށާއި ، ރަތްކަނޑުން އުތުރަށް ދަތުރުކުރަމުންދާ އެމެރިކާގެ ދެ އަސްކަރީ ޑިސްޓްރޯޔަރަކަށް ހަމަލާދީފައިވާ ކަމަށެވެ.

ނަމަވެސް މި ހަމަލާއާއި ގުޅިގެން އަދި މިހާތަނަށް އެމެރިކާއިން ވަކި އެއްޗެއް ބުނެފައި ނުވެއެވެ. ހޫތިން މިފަދަ ހަމަލާއެއް ދިން ކަމަށް ބުނާއިރު ފާއިތުވި 4 ދުވަހުގެ ތެރޭގައި އެމެރިކާއިން ވަނީ ހޫތީންގެ ބައެއް ހަތިޔާރުތައް ހުރި ސަރަހައްދުތަކަށް ހަމަލާދީފައިވާ ކަމަށް ބުނެފައި އެވެ.

ޣައްޒާއަށް އިސްރާއީލުން ދިން ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނަށް ތާއީދުކޮށް މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ރަތް ކަނޑު އަދި ގަލްފް އޮފް އެޑަންއިން ދަތުރުކުރާ ޔަހޫދީންނަށް ވާގިވެރިވާ އުޅަނދުތަކަށް ހޫތިން އަންނަނީ ޑްރޯން އަދި މިސައިލް ޙަމަލާތައް ދެމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ