logoEN
cocacola
ނައިބު ރައީސް ހުސެއިން ބައިވެރިވެވަޑައިގަންވާ ޕީއެންސީ ހަރުގެ ޖަލްސާ މިރޭ!

ނައިބު ރައީސް ހުސެއިން ބައިވެރިވެވަޑައިގަންވާ ޕީއެންސީ ހަރުގެ ޖަލްސާ މިރޭ!

އަހުމަދު ޝުރާއު

logo

8/6/2024, 1:01:50 PM

# ޕީއެންސީ

--

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ފޯރިގަދަ ހަރުގެ ޖަލްސާއެއް މިރޭ އޮންނާނެ އެވެ.

ގޮސިޔާ

ޕީއެންސިއިން ބުނީ އެޕާޓީގެ ވަރަށް ފޯރިގަދަ ޖަލްސާއެއް މިރޭ މާލޭގައި ހުންނަ އެޕާޓީގެ ހަރުގެ ޖަލްސާގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި ޖަލްސާގައި ރާއްޖޭގެ ނައިބު ރައީސް އަދި އެޕާޓީގެވެސް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ބައިވެރިވެވަޑައިގެން ފާހަކަފުޅު ދައްކަވަން ހަމަޖެހިފައިވާ ކަމަށް އެޕާޓީން ބުނެއެވެ.

އޭގެ އިތުރުންވެސް އެޕާޓީގެ ޗެއާޕާސަން އަދި މަޖިލީހުގެ ރައީސް އަބްދުالله އަބްުދުއްރަހީމް އާއި އެޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހްވެސް މި ޖަލްސާގައި ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައި އެވެ.

ޕީއެންސީއިން ވަނީ މި ޖަލްސާގައި ޕާޓީގެ ވީހާވެސް ގިނަ ސަޕޯޓަރުން ބައިވެރިވުމަށް ދައުވަތުދީފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ