logoEN
cocacola
މާރަންދޫ ކައުންސިލްގެ އިންތިހާބީ މެމްބަރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

މާރަންދޫ ކައުންސިލްގެ އިންތިހާބީ މެމްބަރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

# ޕީއެންސީ

-

މިއަދު ކުރިއަށް ގެންދެވުނު ހއ.މާރަންދޫ ކައުންސިލްގެ ބައި-އިލެކްޝަން ކާމިޔާބުކުރި ޕީއެންސީގެ ކެންޑިޑޭޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ގޮސިޔާ

މިއަދު ބޭއްވުނު މާރަންދޫ ކައުންސިލް ބައި އިލެކްޝަންސް ގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީއެންސީގެ ކެންޑިޑޭޓު އަބްދުލްޙަމީދު އަބްދުއްސައްތާރު މި އިންތިޚާބު ކާމިޔާބުކުރީ 285 ވޯޓުންނެވެ. އިދިކޮޅު އެމްޑީޕީ ކެންޑިޑޭޓް ޝިހާމް މުޙައްމަދަށް ލިބިވަޑައިގަތީ 250 ވޯޓެވެ.

736 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މި އިންތިހާބުގައި 560 މީހުން ވަނީ ވޯޓު ލާފައެވެ. އޭގެތެރެއިން ސައްހަ ވޯޓުގެ ގޮތުގައި 535 ވޯޓު ވަނީ ގުނާފައެވެ.

View post on Twitter

އަބްދުލްހަމީދު ހޯއްދެވި މި ކާމިޔާބާ ގުޅިގެން ރައީސުލްޖުމްހޫރީއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި މި އިންތިޚާބު އެ ޕާޓީއަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށާއި، ވޯޓުގައި ބައިވެރިވި ހުރިހާ ރައްޔިތުންނަށް ވެސް އެމަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފައެވެ. އަބްދުލްޙަމީދު މި އިންތިހާބު ކާމިޔާބުކުރުމާ ގުޅިގެން ޕީއެންސީން ވެސް ވަނީ މަރުހަބާ ދަންނަވާފައެވެ.

މާރަންދޫ ކައުންސިލަށް މެންބަރަކު އިންތިހާބުކުރުމަށް ބައި-އިލެކްޝަނެއް ބާއްވާފައި މިވަނީ އެކައުންސިލްގެ ނައިބު ރައީސްކަމުގައި ހުންނެވި އަހުމަދު ރަމީޒު މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު ނިޔާވުމާއި ގުޅިގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ