logoEN
cocacola
ޕީއެންސީގެ ފޯރިގަދަ ހަރުގެ ޖަލާސާއެއް މާދަމާ ރޭ, ނައިބު ރައީސް ހުސެއިންވެސް ބައިވެރިވެވަޑައިގަންނަވާނެ!

ޕީއެންސީގެ ފޯރިގަދަ ހަރުގެ ޖަލާސާއެއް މާދަމާ ރޭ, ނައިބު ރައީސް ހުސެއިންވެސް ބައިވެރިވެވަޑައިގަންނަވާނެ!

އަހުމަދު ޝުރާއު

logo

8/5/2024, 6:17:10 PM

# ޕީއެންސީ

--

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ފޯރިގަދަ ހަރުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް އެޕާޓީއިން ނިންމައިފި އެވެ.

ގޮސިޔާ

ޕީއެންސިއިން މިއަދު ބުނީ އެޕާޓީގެ ވަރަށް ފޯރިގަދަ ޖަލްސާއެއް މާދަމާ ރޭ މާލޭގައި ހުންނަ އެޕާޓީގެ ހަރުގެ ޖަލްސާގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި ޖަލްސާގައި ރާއްޖޭގެ ނައިބު ރައީސް އަދި އެޕާޓީގެވެސް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ބައިވެރިވެވަޑައިގެން ފާހަކަފުޅު ދައްކަވަން ހަމަޖެހިފައިވާ ކަމަށް އެޕާޓީން ބުނެއެވެ.

އޭގެ އިތުރުންވެސް އެޕާޓީގެ ޗެއާޕާސަން އަދި މަޖިލީހުގެ ރައީސް އަބްދުالله އަބްުދުއްރަހީމް އާއި އެޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހްވެސް މި ޖަލްސާގައި ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައި އެވެ.

View post on Twitter

ޕީއެންސީއިން ވަނީ މި ޖަލްސާގައި ޕާޓީގެ ވީހާވެސް ގިނަ ސަޕޯޓަރުން ބައިވެރިވުމަށް ދައުވަތުދީފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ