
--
ބ ދަރަވަންދޫ ނަރުދަމާ ނިޒާމު މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާ ކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރު އެމްޑަބްލިއުއެސްސީއިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީއިން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން އެކުންފުނިން ބުނީ މުޅި މަޝްރޫއުގެ 85 އިންސައްތަ އަށް ވުރެ ގިނަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިހާރު ކުރިޔަށްދަނީ ޕަމްޕް ސްޓޭޝަންގެ މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ދަރަވަންދޫގައި 9.54 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމު ކުރުމާއި, 780 މީޓަރުގެ ޕަންޕިން ލައިން އަޅާނެ އެވެ. އަދި ތިން ޕަންޕިން ސްޓޭޝަނާއި, ސީ އައުޓް ފޯލް ގާއިމު ކުރުމާއި, ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެ އެވެ. އަދި ނަރުދަމާ ނިޒާމު ހިންގައި، ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ދަރަވަންދޫގެ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއަކީ 40.29 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ގުޅުންހުރި

އެމްޑަބްލިއުއެސްސީއިން ފައިނުގައި ޤާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙްކޮށްފި

އާރުޑީސީއާއި އެމްޑަބްލިއުއެސްސީގެ އެހީތެރިކަމާއި އެކު މާލޭގެ ސްޓޯރމް ވޯޓަރ ނެޓްވޯރކް ސާފުކުރަނީ

އެމްޑަބްލިއުއެސްސީއިން 400 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަނީ
