
އާރުޑީސީއާއި އެމްޑަބްލިއުއެސްސީގެ އެހީތެރިކަމާއި އެކު މާލޭގެ ސްޓޯރމް ވޯޓަރ ނެޓްވޯރކް ސާފުކުރަނީ
# އެމްޑަބްލިއުއެސްސީ# އާރްޑީސީ--
މާލޭގެ ސްޓޯމް ވޯޓާރ ނެޓްވޯކު ސާފުކުރުމުގެ މަސައްކަތް އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ފަށައިފި އެވެ.

މި މަސައްކަތް އެ ވުޒާރާއިން ކުރަމުން ދަނީ އާރުޑީސީއާއި އެމްޑަބްލިއުއެސްސީގެ އެހީތެރިކަމާއި އެކު ގައި އެވެ. މިގޮތުން މިއަދުގެ މެންދުރުން ފެށިގެން އާރުޑީސީއާއި އެމްޑަބްލިއުއެސްސީ އަދި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ މުވައްޒަފުން ދަނީ އެމަސައްކަތުގައި އަމަލީގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ.
މި މަސައްކަތް ކަމާބެހޭ ފަރާތްތަކުން ފަށާފައިމިވަނީ މިއަދުން ފެށިގެން ކުރިޔަށް އޮތް 5 ދުވަހު ރާއްޖޭއަށް ވަރަށް ބޮޑަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވުމާއި ގުޅިގެންނެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިއްޔެ ނެރުނު މޫސުމީ ބަޔާނެއްގައި ބުނީ ރާއްޖޭގެ އިރުން ހުޅަނގުދެކުނު ބޭ އޮފް ބެންގާލްގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި މި ކޮޅިގަނޑު ހުޅަނގަށް ޖެހި ރާއްޖޭގެ ސަރަހައްދުގައި ބޯ ވިއްސާރަވިލާ އުފެދުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިއާއިއެކު މިއަދުން ފެށިގެން އަންނަ ހޮނިހިރުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި މި ވިއްސާރައިގައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އޭގެ އިތުރުން އާންމުވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭ ކަމަށާއި ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ.
ގުޅުންހުރި

ހުޅުދުއްފާރާއި މަޑުއްވަރީގެ ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށް ބޭނުންވާ ސާމާނުތައް އެރަށްތަކަށް ފޮނުވައިފި

ކުޑަހުވަދޫގެ މަގުތައް ހެދުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ!

ވެލިދޫ ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފަށައިފި
