logoEN
cocacola
ފަސް ދާއިރާއަކުން ފަސް އެމްޑީއިން އައްޔަނުކުރާ ގޮތަށް އެމްއެމްއޭގެ އޮނިގަނޑަށް ބަދަލުތަކެއް!

ފަސް ދާއިރާއަކުން ފަސް އެމްޑީއިން އައްޔަނުކުރާ ގޮތަށް އެމްއެމްއޭގެ އޮނިގަނޑަށް ބަދަލުތަކެއް!

އަހުމަދު ޝުރާއު

logo

8/5/2024, 8:39:25 AM

# އެމްއެމްއޭ

--

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިދާރާގެ ހިންގުމުގެ އޮނިގަނޑަށް ބޮޑު ބަދަލުތަކެއް ގެނެސް ފަސް މެނޭޖިން ޑިރެކްޓަރުން ކަނޑައަޅަން އެމްއެމްއޭގެ ބޯޑުން ފާސްކޮށްފި އެވެ.

ގޮސިޔާ

އެމްއެމްއޭއިން މި ބަދަލުގެންނަށް ނިންމާފައިވަނީ އެމްއެމްއޭއަކީ ޒަމާނީ ސެންޓްރަލް ބޭންކަކަށް ހެދުމުގެ ބޭނުމުގައި ކަމަށް ވަނީ ބުނެފައި އެވެ.

އެމްއެމްއޭގެ އިސް އޮފިޝަލަކު ރާއްޖޭގެ ބައެއްް ނޫސްތަކަށް މައުލޫމާތު ދެމުން ވިދާޅުވީ އެމްއެމްއޭގެ އެސިސްޓެންޓު ގަވަރުނަރުގެ މަގާމު މެނޭޖިންގ ޑިރެކްޓަރަކަށް ބަދަލުކޮށްފައިވާ ކަމަށާއި އެމްއެމްއޭގައި މިހާރު ތިއްބެވި ތިން އެސިސްޓެންޓު ގަވަރުނަރުން އެޑުވައިޒަރުންގެ މަގާމަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ފަސް ދާއިރާއަކުން އައްޔަނުކުރަން ނިންމާފައިވާ ފަސް މެނޭޖިން ޑިރެކްޓަރުން މަގާމުގެ މުއްދަތަކީ ފަސް އަހަރުގެ ދެ ދައުރެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެމްއެމްއޭގައި މަސައްކަތްކުރާ މީހުންގެ އިތުރުން އާންމުކޮށް ވެސް ހުޅުވާލާން ވަނީ އެމްއެމްއޭގެ ބޯޑުން ވަނީ ފާސްކޮށްފައެވެ. މި ބަދަލާއި އެކު އެމްއެމްއޭގައި މަސައްކަތްކުރަން ބޭނުންވާ ތައުލީމީ އަދި ތަޖުރިބާކާރު މީހުންނަށް ފުރުސަތު ފުޅާވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް މައުލޫމާތު ދޭގޮތުގައި އިދާރީ މިބަދަލު ގެނައުމަށް ބޯޑަށް ހުށަހެޅުއްވީ ދާދި ފަހުން ގަވަރުނަރަކަށް އައްޔަނުކުރެއްވި އަހުމަދު މުނައްވަރު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ