logoEN
cocacola
އިރާނާއި ހިޒްބުاللهއިން މިއަދު އިޒްރޭލަށް ހަމަލާދޭން ފަށާފާނެ - އެމެރިކާ

އިރާނާއި ހިޒްބުاللهއިން މިއަދު އިޒްރޭލަށް ހަމަލާދޭން ފަށާފާނެ - އެމެރިކާ

އަހުމަދު ޝުރާއު

logo

8/5/2024, 6:49:14 AM

# އިރާން-އިސްރާއިލް# އެމެރިކާ

ހަމާސްގެ އިސް ލިޑަރު އިސްމާއިލް ހަނިއްޔާއާއި ލުބުނާނުގެ ހިޒްބުالله ޖަމާއަތުގެ އިސް ކޮމާންޑަރަކު ޝަހީދުކޮށްލުމުގެ ބަދަލު ހިފުމުގެ ބޮޑު ހަމަލާތައް މިއަދު ފަށާފާނެ ކަމަށް ބެލެވޭ ކަމަށް އެމެރިކާއިން ބުނެފި އެވެ.

ގޮސިޔާ

މިކަން ރިޕޯޓު ކޮށްފައިވަނީ އެމެރިކާގެ ނޫހެއް ކަމަށްވާ އެކްސިއޯސް އިންނެވެ. އެގޮތުން އެމެރިކާގެ ސަރުކާރުގެ ހަބަރުތައް ގެނެސްދޭ އެނޫހުން ރިޕޯޓުކުރާ ގޮތުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ޖީ-7 ގެ ޚާރިޖީ ވަޒީރުންނަށް އަންގަވާފައި ވަނީ އީރާނާއި ހިޒްބުالله އިން އިސްރާއީލަށް ހަމަލާއެއް ދޭން ފަށާނީ ހޯމަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދީފައިވާ ނަން ހާމަނުކުރާ ތިން މަސްދަރަކާ ހަވާލާދީ އެކްސިއޯސްއިްނ ބުނީ ބްލިންކެން ކޮންފަރެންސް ކޯލެއް ބާއްވައި، މިދިޔަ ހަފުތާގައި ހަނިއްޔާ އާއި ހިޒްބުاللهގެ އިސް ކޮމާންޑަރު ފުއާދު ޝުކްރު އަވަހާރަކޮށްލުމާ ގުޅިގެން އީރާނާއި ހިޒްބުالله އިން ބަދަލު ހިފުން މަދުކުރުމަށް އީރާނާއި ހިޒްބުاللهއަށް ޑިޕްލޮމެޓިކް ޕްރެޝަރު ކުރި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ބްލިންކެން ވިދާޅުވީ ހަމަލާތަކުގެ އަސަރު ލިމިޓް ކުރުމަކީ މެދު އިރުމަތި ސަރަހައްދުގައި ފުޅާ ހަނގުރާމައެއް ހުއްޓުވުމަށް އޮތް އެންމެ ރަނގަޅު ފުރުސަތެއް ކަމަށެވެ.

އިޒްރޭލަށް ހަމަލާދިނުމުގައި މިފަހަރު އިސްކޮށް ހަރަކާތްތެރިވާނީ އިރާނުންނެވެ. ސަބަބަކީ ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ އިރާނުގެ ތެހެރާނުގެ އެމަނިކުފާނު ހުންނަވަނިކޮށް ކަމުންނެވެ. އަދި ލުބުނާނުގެ ހިޒްބުالله ޖަމާއަތަކީވެސް އިރާނު ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާ ޖަމާއަތެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ