logoEN
cocacola
އިސްލާމީ މަރުކަޒުގައި ޚުޠުބާއެއް ދެއްވުމުގެ ދަޢުވަތު ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރަށް!

އިސްލާމީ މަރުކަޒުގައި ޚުޠުބާއެއް ދެއްވުމުގެ ދަޢުވަތު ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރަށް!

އަހުމަދު ޝުރާއު

logo

8/4/2024, 6:27:41 PM

# ޑރ ޝަހީމް# އިސްލާމިކް މިނިސްޓްރީ# ރާއްޖެ - ފަލަސްތީން

--

ރާއްޖޭގެ އިސްލާމީ މަރުކަޒުގައި ޚުޠުބާއެއް ދެއްވުމަށް ދަޢުވަތު ފަލަސްޠީނުގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު މުޞްޠަފާ ނަޖުމުއަށް އަރުވައިފި އެވެ.

ގޮސިޔާ

މި ދައުވަތު މިނިސްޓަރ ޑރ. މުޙައްމަދު މުޞްޠަފާ އަށް އެރުއްވީ ރާއްޖޭގެ އިސްލާމިކް މިނިސްްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

އެގޮތުން މިނިސްޓަރު ޝަހީމް ވަނީ މިއަދު މިނިސްޓަރ ޑރ. މުޙައްމަދު މުޞްޠަފާ ބައްދަލުކުރައްވާފައި އެވެ. ބައްދަލުވުމަށްފަހު މިނިސްޓަރ ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެވަޑައިގެން، އިސްލާމީ މަރުކަޒުގައި ޚުޠުބާއެއް ދެއްވުމަށް ދަޢުވަތު އެމަނިކުފާނަށް އަރުވާފައިވާނެ ކަމަށާއި އެމަނިކުފާނު ރާއްޖެވަޑައިގަންނަވާނެ ކަމަށެވެ.

View post on Twitter

މި ބައްދަލުކުރެއްވުން އޮތީ މިހާރު ވަޒީރު ޝަހީމް ސައުދީއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިންނެވެ.

ޝަހީމް ސައުދީޢަށް ކުރައްވަމުން އަންނަ ދަތުރުފުޅަކީ އިސްލާމީ ޤައުމުތަކުގެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާތައް ބައިވެރިވާ ގޮތަށް ބާއްވާ ޚާއްޞަ ކޮންފެރެންސްގެ 9 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި ކުރައްވަމުން އަންނަ ދަތުރުފުޅެކެވެ.

މައްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައިނަލްއަޤްވާމީ ކޮންފެރެންސް އޮގަސްޓު މަހުގެ 4 ވަނަ ދުވަހާއި 5 ވަނަ ދުވަހުގައި ކުރިއަށް ދާނެއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ރާއްޖެ އެނބުރި ވަޑައިގަންނަވާނީ އޮގަސްޓު މަހުގެ 7 ވަނަ ދުވަހުގައެވެ. އެގޮތުން އިސްލާމީ އުންމަތުގެ މުހިއްމު މަޢުޟޫއުތަކަށް ޢިލްމީ ކަރުދާސްތައް ހުށައެޅިގެންދާ މި ކޮންފެރެންސްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައެއް ސެޝަންތައް ޗެއަރކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ