logoEN
cocacola
ވަޒީރު ޝަހީމް ސައުދީގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރާއި ބައްދަލުކުރައްވައިފި

ވަޒީރު ޝަހީމް ސައުދީގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރާއި ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

8/4/2024, 12:19:39 PM

# އިސްލާމިކް މިނިސްޓްރީ

--

ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ސައީދު އަލީ ސައުދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ފަޟީލަތުއްޝައިޚު ޑރ. ޢަބްދުއްލަޠީފު އާލުއްޝައިޚާއި ބައްދަލުކުރައްވައިފި އެވެ.

ގޮސިޔާ

މި ބައްދަލުކުރެއްވުން އޮތީ މިހާރު ވަޒީރު ޝަހީމް ސައުދީއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިންނެވެ.

ވަޒީރު ޝަހީމް މި ބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ފަޟީލަތުއްޝައިޚު ޑރ. ޢަބްދުއްލަޠީފު އާލުއްޝައިޚާ ބައްދަލުވުމަކީ ލިބުނު އުފަލެއް ކަމަށާއި ދެ ވުޒާރާ ގުޅިގެން އިސްލާމީ ދާއިރާއިން ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން އެމަނިކުފާނާ މަޝްވަރާކުރެވުނު ކަމަށެވެ.

އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި ސަޢޫދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު މުހިންމުކަންދެއްވާކަމެއްކަމުގައި ދަންނަވާފައިވާނެ ކަމަށާއި ސައޫދީ ޢަރަބިއްޔާއިން މިހާތަނަށް ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ވެދެއްވި އެހީތެރިކަމަށް ޝުކުރު ދަންނަވާފައިވާނެ ކަމަށްވެސް ވަޒީރު ޝަހީމް ވިދާޅުވިއެވެ. އަދި މި ބައްދަލުވުމަށްފަހު ކުރިއަށް އޮތްތަނުގައި ދެވުޒާރާގެ ދާއިރާގައި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ސައުދީޢަށް ކުރައްވަމުން އަންނަ ދަތުރުފުޅަކީ އިސްލާމީ ޤައުމުތަކުގެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާތައް ބައިވެރިވާ ގޮތަށް ބާއްވާ ޚާއްޞަ ކޮންފެރެންސްގެ 9 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި ކުރައްވަމުން އަންނަ ދަތުރުފުޅެކެވެ.

މައްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައިނަލްއަޤްވާމީ ކޮންފެރެންސް އޮގަސްޓު މަހުގެ 4 ވަނަ ދުވަހާއި 5 ވަނަ ދުވަހުގައި ކުރިއަށް ދާނެއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ރާއްޖެ އެނބުރި ވަޑައިގަންނަވާނީ އޮގަސްޓު މަހުގެ 7 ވަނަ ދުވަހުގައެވެ. އެގޮތުން އިސްލާމީ އުންމަތުގެ މުހިއްމު މަޢުޟޫއުތަކަށް ޢިލްމީ ކަރުދާސްތައް ހުށައެޅިގެންދާ މި ކޮންފެރެންސްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައެއް ސެޝަންތައް ޗެއަރކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ