logoEN
cocacola
ހަލާކުވެފައިވާ 3 ލައްކައަށްވުރެ ގިނަ ނޫޓު މިދިޔަ އަހަރު ނައްތާލާފައިވޭ - އެމްއެމްއޭ

ހަލާކުވެފައިވާ 3 ލައްކައަށްވުރެ ގިނަ ނޫޓު މިދިޔަ އަހަރު ނައްތާލާފައިވޭ - އެމްއެމްއޭ

އަލްފާ އަލީ

logo

8/4/2024, 6:48:08 AM

# އެމްއެމްއޭ

-

ހާލަކުވެފައިވާ ފައިސާގެ ނޫޓުތަކުގެ ތެރެއިން މިދިޔަ އަހަރުތެރޭ 391957 ނޫޓު ނައްތާލާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

ގޮސިޔާ

އެމްއެމްއޭގެ މިދިޔަ އަހަރުގެ އަހަރީ މާލީ ރިޕޯޓަށް ބަލާއިރު, މިދިޔަ އަހަރުތެރޭ ނައްތާލާފައިވާ 3ލައްކައަށްވުރެ ގިނަ ނޫޓުގެ ފައިސާގެ އަގު 22 މިލިޔަން ރުފިޔާއަށް އަރައެވެ.

މިދިޔަ އަހަރު އެމްއެމްއޭއިން ނައްތާލާފައިވާ ނޯޓްތަކުގެ ތަފާސްހިސާބުތައް:

  1. 1000 ރުފިޔާ - %0.4
  2. 500 ރުފިޔާ - %3.2
  3. 100 ރުފިޔާ - %19
  4. 50 ރުފިޔާ - %19.7
  5. 20 ރުފިޔާ - %39.9
  6. 10 ރުފިޔާ - %13.5
  7. 5 ރުފިޔާ - %4.3

ހަލާކުވާ ނޫޓުތައް ވަކި އުސޫލެއްގެ ދަށުން އެމްއެމްއޭއިން ދަނީ ބަދަލުކޮށްދެމުންނެވެ. އެމްއެމްއޭ އިން ބުނީ, މިދިޔަ އަހަރުތެރޭ މިގޮތަށް ލިބިފައިވާ ނޫޓުތަކުގެ އަދަދު 2022 ވަނަ އަހަރާއި އަޅާ ބަލާއިރު %16.3 ދަށަށް ގޮސްފައިވާ ކަމަށެވެ.

ރާއްޖޭގައި މިހާރު ބޭނުން ކުރަމުން އަންނަ ފައިސާގެ ނޫޓަކީ 2016 ވަނަ އަހަރު ތައާރަފްކޮށްފައިވާ "ރަންދިހަފަހެއް" ނޫޓު ސީރީޒް އެވެ. މި ނޫޓުތަކަކީ ޒަމާނީ ބަދަލުތަކާއެކު ސެކިއުރިޓީގެ ވަރުގަދަ ނޫޓުތަކެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ