logoEN
cocacola
އަބްދުއްރަހީމް ޔާމީނަށް: މަނިކުފާނު ސަރުކާރާ ދުރަށްޖެހުނީ ތިމާނޫން މީހަކު ވެރިކަންކުރާތަން ބަލަން ލަގޮނޑިއަށް ކެތްނުވެގެން!

އަބްދުއްރަހީމް ޔާމީނަށް: މަނިކުފާނު ސަރުކާރާ ދުރަށްޖެހުނީ ތިމާނޫން މީހަކު ވެރިކަންކުރާތަން ބަލަން ލަގޮނޑިއަށް ކެތްނުވެގެން!

އަހުމަދު ޝުރާއު

logo

8/3/2024, 2:09:28 PM

# އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

--

ކުރީގެ ރައީސް އަބްދުالله ޔަމީން މިހާރުގެ ސަރުކާރާ ދުރަށްޖެހުނީ ތިމާނޫން މީހަކު ވެރިކަންކުރާތަން ބަލަން ލަގޮނޑިއަށް ކެތްނުވެގެން ކަމަށް ބުނެ މަޖިލީހުގެ ރައީސް އަބްދުالله އަބްދުއްރަހީމް ޔަމީނަށް ފާޑުވިދާޅުވެއްޖެ އެވެ.

ގޮސިޔާ

އަބްދުއްރަހީމް މިފަދައިން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޔާމީންގެ ޕީއެންއެފުން ބޭއްވި ޖަލްސްގައި ސަރުކާރާއި ދުރަށް ޖެހުނީ ހަދާ ގޯސްތަކުން ހަޖަމްނުވެގެން ކަމަށް ޔާމީން ވިދާޅުވުމާއި ގުޅިގެންނެވެ.

އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބަްދުއްރަހީމް ވިދާޅުވީ ރައްޔިތުން ހެއްލިދާނެކަމަށް މާމޮޅު ވާހަކަ ދައްކަވަން އުޅުއްވާނެ ކަމައް ނެތް ކަމަށާއި ޔާމީން މިއަދުގެ ސަރުކާރާ ދުރަށްޖެހުނީ ތިމާގެ ހުރި ބޮޑާކަމާ ކިބުރުވެރިކަމެއްގެ ބޮޑުކަމުންތިމާނޫން އެހެން ބޭފުޅަކު ވެރިކަން ކުރައްވާ މަންޒަރު ބަލަން ލަގޮނޑިއަށް ކެތްނުވެގެން ކަމަށެވެ.

View post on Twitter

އަދި އެއީ ވެރިކަމުގެ ޢިއްޒަތާ ލައްޒަތަށް އޮތް ދަހިވެތިކަމަކުން ކަމަށާއި މިކަން ވަކީންބޮޑަށް މިއަދު ރައްޔިތުނަށް ޔަގީންވަނީ ސިޔާސީގޮތުން ފެއިލްވެފައި ތިބި ދެތިން މީހުން ގޮވައިގެން ތިޔަޖަހާ ހަޑިހުތުރު މުޑުދާރު ސަކަރާތުން ކަމަށް އަބްދުއްރަހީމް ވިދާޅުވެއެވެ.

ޕީއެންއެފްގެ ޖަލްސާތަކުގައި ސަރުކާރަށް އަދި ރައީސް މުއިއްޒުއަށް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ