
ލަފަޔަށް އެދުނު ކަންކަމުގައި ރައީސަށް ލަފާއަރުވައިފިން, ނަތީޖާ ވަރަށް އަވަހަށް ފެންނާނެ - އަބްދުއްރަހީމް
# އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)# ޕީޕީއެމް/ޕީއެންސީ# ރައީސް މުއިއްޒު--
ރައީސް ޑރ. މުހައްމަދު މުއިއްޒު ލަފަޔަށް އެދިވަޑައިގެންނެވި ކަންކަމުގައި ޕީއެންސީގެ ފަރާތުން ލަފާ އަރުވާފައިވާނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވީ މިއަދު ޕީއެންސީ/ޕީޕީއެމްގެ ލީޑަރޝިޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން ސިޔާސީ މުވައްޒަފުން މަދުކުރުމުގެ ކަންކަމާއި ގުޅޭގޮތުން ރައީސަށް ޕީއެންސީން ލަފާއެރުވި ކަމަށްބުނާ ވާހަކައާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ އަދުގެ ސަރުކާރަކީ ޕީއެންސީގެ ސަރުކާރަކަށް ވުމުން ޕީއެންސީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ކަންކަމުގައި ލަފާއަރުވަމުންދާ ކަމަށާއި ޕާޓީގެ ފަރާތުން ރައީސް އެދިލައްވާ ލަފާތަކަށްވެސް ޕާޓީގެ ލީޑަރޝިޕުން ލަފާއަރުވަމުންދާ ކަމަށެވެ. އަދި އެލަފާފުޅުތަކާއި އެއްގޮތަށް ރައީސް ނިންމަވާ ނިންމެވުންތައް ދާދި އަވަހަށް ފެންނާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުން އެއްގޮތަކަށްވެސް މާޔޫސްވެވަޑައިގަންނަވާނެ ކަމެއް ނެތް ކަމަށާއި ރައްޔިތުންނަށް ނިކަމެތި ކަމެއް ލިބޭނެ އެއްވެސް ކަމެއް ރައީސުލްޖުމްހޫރިއްޔާ ނުކުރައްވާނެ.ކަމަށެވެ.
ރައީސަށް އެރުއްވި ލަފާފުޅުތަކާއި ގުޅޭ ތަފްސީލު ހޯއްދެވުމަށް ނޫސްވެރިޔާ ސުވާލުކުރެއްވުމުން އަބްދުއްރަހީމް ވިދާޅުވީ ލީޑަރޝިޕާއި ރައީސްއާއި ދެމެދު ކުރެވެމުންދާ މަޝްވަރާތަކަކީ ޕާޓީގެ އެތެރޭގެ ކަންކަން ކަމަށާއި އެކަމުގެ ތަފްސީލް މީޑިއާތަކާއި ހިއްސާ ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެ މަޝްވަރާތަކުން ނުކުންނަ ނަތީޖާތައް ދާދި އަވަހަށް ފެނިވަޑައިގަންވާނެ ކަން ތަކުރާރުކުރެއްވި އެވެ.
ގުޅުންހުރި

ރައީސްގެ ޝުކުރު ސަޢޫދީ ރަސްގެފާނަށާއި ވަލީޢަހުދަށް އަދި އެ ޤައުމުގެ ސަރުކާރަށް!

ރައީސްގެ އިލްތިމާސް: ކޮންމެ ޢީދަކީވެސް އުފާވެރި ހަނދާންތަކެއް، އެންމެންގެ ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިޙްތިފާލަކަށް ހަދަމާ!
.jpg&w=3840&q=75)
ދެކުނު ކޮރެޔާގެ އިންތިޚާބީ ރައީސަށް, ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި
