
ޑރ ޝަހީމް އަކީ ރާއްޖެ ދުށް އެންމެ ގާބިލް އެންމެ ހިންގުންތެރި އިސްލާމިކް މިނިސްޓަރ - އަބްދުއްރަހީމް
# ޑރ ޝަހީމް# އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)--
މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އަކީ ދިވެހިރާއްޖެ ދުށް އެންމެ ގާބިލް އެންމެ ހިންގުންތެރި އިސްލާމިކް މިނިސްޓަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިމިވަނީ ޝަހީމްއާއި މެދު އިދިކޮޅު ބައެއް ފަރާތްތަކުން ހަގީގަތާއި ހިލާފު ވާހަކަތަކެއް މީސް މީޑިއާގައި ދައުރުކުރަމުން އަންނަ ދަނޑިވަޅެއްގައި އެވެ. އެއެގޮތުން ޝަހީމްގެ ވީޑީއޯއެއް ކަމަށްބުނެ ޑީޕް ފޭކް ކޮށްފައިވާ އިޖުތިމާއީ މިންގަނޑާއި ހިލާފު ވީޑިއޯތަކެއް މީސް މީޑިއާގައި އަންނަނީ ދައުރުކުރަމުންނެވެ. އަދި ޝަހީމްގެ ޕީއެހްޑީޢާއި މެދުވެސް ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެއް އަންނަނީ ފަތުރަމުންނެވެ.
މިކަމާއި ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ އިސްލާމީކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ ފުރައްސާރަކޮށް ހަގީގަތާ ޚިލާފު އިލްޒާމުތައް އަޅުވައިގެން ފަހަތަށް ޖެއްސޭނެ ބޭފުޅެއްނޫން ކަމަށާއި އެ އަށްވުރެ ޑރ.ޝަހީމުގެ ޢަޒުމު ވަރުގަދަވާނެ ކަމަށެވެ.
" އެއީ މިހާތަނަށް ދިވެހިރާއްޖެ ދުށް އެންމެ ގާބިލް އެންމެ ހިންގުންތެރި އިސްލާމިކް މިނިސްޓަރ " އަބްދުއްރަހީމް ވިދާޅުވިއެވެ.
ޑރ ޝަހީމް އަލީ ސައީދަކީ މީގެ ކުރިންވެސް ރާއްޖޭގެ އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެން މިނިސްޓްރީގެ ހިންގުމަށް ރަނގަޅު ބޮޑު ބަދަލުތަކެއް އެމަނިކުފާނު ވަނީ ގެންނަވާފައި އެވެ.
އާންމުންގެ ގިނަ ބަޔަކުވެސް ގަބޫލު ކުރާ ގޮތުގައި ޝަހީމް އަކީ މި ސަރުކާރުގެ އެންމެ ހިންގުންތެރި އެއް މިނިސްޓަރެވެ.
ގުޅުންހުރި

ކުޑަކުދިންގެ ޙައްގުތަކަށް އަރައިގަންނަ ފަރާތްތަކާއިމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަން ޖެހޭ

ފައިސަލް މަސައްކަތް ކުރެއްވީ ފުރިހަމަ އިހުލާސްތެރިކަމާއެކު, ފަހުރުވެރިވަން - އަބްދުއްރަހީމް

ވެރިކަމަށް ޝައުގެއް ނެތް, ބޭނުމީ ރައީސް މުއިއްޒުއަށް ދެވަނަ ދައުރެއް ހޯދައިދޭން!
