
ރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޗައިނާއަށް!
# ޗައިނާ - ރާއްޖެ# އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)# ރައްޔިތުންގެ މަޖިލިސް--
ރެަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ޗައިނާއަށް ފުރާވަޑައިގެންފި އެވެ.

އަބްދުއްރަހީމް ޗައިނާއަށް ފުރާވަޑައިގެންނެެވީ 2024 އިންޓަރރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯރ ޕާލަމެންޓްސް އޮފް ޑެވެލޮޕިންގ ކަންޓްރީސްގައި ބައިވެރިވެވަޑައިގަތުމަށެވެ. އެގޮތުން އެމަނިކުފާނު ފުރާ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައި އެވެ.
އަބްދުއްރަހީމްގެ އަރިހުގައި މި ދަތުރުފުޅުގައި މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު، އަދި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.
އިންޓަރރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯރ ޕާލަމެންޓްސް އޮފް ޑެވެލޮޕިންގ ކަންޓްރީސް އަކީ އިންޓަރޕަލިމެންޓަރީ ޔޫނިއަންއިން ބާއްވާ ޚާއްސަ ސެމިނާއެކެވެ. މި ސެމިނާ އޮންނަނީ ޗައިނާގެ ވެރިރަށް ބެއިޖިންގައި މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށެވެ.
ގުޅުންހުރި

ތަރައްގީ ހުރީ މެކުހަށް ޖަހާފައި، މިއީ މިހާތަނަށް އެންމެ ކާމިޔާބު ވެރިކަން - އަބްދުއްރަހީމް

ޗައިނާ އިން ރާއްޖޭގައި ކުރިއަށް ގެންދާ "އޯވަސީޒް ސެމިނަރ އޮން އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ" ފަށައިފި

ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަންގެ އޭޝިއާ ރީޖަންގެ ރިޔާސަތު ބެލެހެއްޓުން ރާއްޖެއަށް!





