
މިނިސްޓަރު ފައިސަލް ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ވިނޯދް ޗޯޕްރާއާއި ބައްދަލުކޮށްފި
# ޓުއަރިޒަމް މިނިސްޓްރީ--
ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު ވިދޫ ވިނޯދު ޗޯޕްރާއާއި ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުން އޮތީ މިހާރު މިނިސްޓަރު ފައިސަލް އިންޑިއާއަށް ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ މުމްބާއީގައި ހުންނަ ވިނޯދުގެ ރަސްމީ އޮފީހުގައި އެވެ.
މި ބައްދަލުކުރެއްވުމާއި ގުޅޭގޮތުން މިނިސްޓަރ ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ކުރިޔަށްގެންދެވޭނެ ޕްރޮޖެކްޓު ތަކާއި ގުޅޭގޮތުން ވިނޯދުއާއި އެކު ފައިދާހުރި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.
ވިނޯދުއަކީ ޑައިރެކްޓަރެއްގެ އިތުރުން މަޝްހޫރޫ ވާހަކަ ލިޔުންތެރިއެއް އަދި ޕްރޮޑިއުސަރެކެވެ. ވިނޯދު ވަނީ ބޮލީވުޑްގެ މަޝްހޫރު ފިލްތައް ކަމަށްވާ 3 އީޑިއަޓްސް, ޕީކޭ އަދި ސަންޖޫ ފަދަ ފިލްމުތައް ޕްރޮޑިއުސްކޮށްފައެވެ. އަދި މިއަަހަރު ތެރޭގައި ނެރުނު 12 ފެއިލް ފިލްމަކީ އޭނާގެ ޑައިރެކްޝަން އަދި ޕްރޮޑަކްޝަނެކެވެ.
މިނިސްޓަރ ފައިސަލް އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގައި ރާެއްޖެ މާކެޓު ކުރުމަށް ކުރިޔަށްގެންދާ ރޯޑް ޝޯގައި ބައިވެރިވެވަޑައިގަތުމަށެވެ. އެގޮތުން"ވެލްކަމް އިންޑިއާ ރޯޑްޝޯ" ގެ ނަމުގައި ބޭއްވި މި ރޯޑްޝޯއަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މާޓާޓޯ) އަދި ނޭޝަނަލް ހޮޓެލިއަރސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ގުޅިގެން ކުރިޔަށްގެންދިޔަ ރޯޑްޝޯއެކެވެ.
ގުޅުންހުރި

ދެކުނު އޭޝިއާގެ ޔޫއެން ޓޫރިޒަމް ކޮމިޝަންގެ ރިޔާސަތު ރާއްޖެއިން ބަލަހައްޓަވަނީ

ޔޫއެން ޓޫރިޒަމް ރީޖަނަލް ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ

އިންޑޮނޭޝިއާ އެކު ފަތުރުވެރިކަމުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި
