logoEN
Sto top
އިންޑޮނޭޝިއާ އެކު ފަތުރުވެރިކަމުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި

އިންޑޮނޭޝިއާ އެކު ފަތުރުވެރިކަމުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

4/16/2025, 4:56:17 PM

# ޓުއަރިޒަމް މިނިސްޓްރީ

--

ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނިޔާޒް، އިންޑޮނޭޝިއާގެ ފަތުރުވެރިކަމުގެ ވަޒީރު މިސް ވިދިޔަންތީ ޕުތްރީ ވަރުދާނާއާ ބައްދަލުކުރައްވައިފިއެވެ.

Wamco

މި ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ އދ. ގެ ފަތުރުވެރިކަމާ ބެހޭ ސަރަޙައްދީ ބައްދަލުވުމުގައި ހަވާސާގެ ތެރެއިންނެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުމާއި، މި ދާއިރާގައި ދެ ޤައުމުގެ ތަޖުރިބާ ހިއްސާކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، ދެ ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާގައި ގެންގުޅޭ އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނު ކަމަށެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ޑރ. އަބްދުﷲ ނިޔާޒް ވިދާޅުވީ އެ ބައްދަލުވުމަކީ ދިވެހިރާއްޖެ އާއި އިންޑޮނޭޝިއާގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ވަރަށް މުހިންމު ފުރުސަތެއް ކަމަށާއި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ދާއިރާގައި ދެ ޤައުމަށްވެސް ގިނަ ކަންތައްތަކެއް އެއްބަޔަކު އަނެއްބަޔަކުގެ ކިބައިން ދަސްކުރެވިދާނެ ކަމަށެވެ.

އދ. ގެ ފަތުރުވެރިކަމާ ބެހޭ ސަރަޙައްދީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ޑރ. އަބްދުﷲ ނިޔާޒް، މި ދަތުރުފުޅުގައި އެހެން ޤައުމުތަކުގެ ވަޒީރުންނާވެސް ބައްދަލުކުރައްވާ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside