logoEN
Sto top
ޝަންގްރިލާ އަލުން ހުޅުވުމާ ބެހޭ ގޮތުން ސަރުކާރުން ޝަންގްރިލާ މެނޭޖްމަންޓާ މަޝްވަރާކޮށްފި

ޝަންގްރިލާ އަލުން ހުޅުވުމާ ބެހޭ ގޮތުން ސަރުކާރުން ޝަންގްރިލާ މެނޭޖްމަންޓާ މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

4/14/2025, 4:47:53 PM

# ޓުއަރިޒަމް މިނިސްޓްރީ

--

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާއި ޝަންގްރިލާގެ އިސް މެނޭޖްމަންޓާއި ދެމެދު ބައްދަލުވުމެއް ބާއްވާފައި އެވެ.

Wamco

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް ގެ އިތުރުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު އަދި އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމް ބައިވެރިވެ ވަޑައިގެންނެވިއެވެ. ޝަންގްރިއްލާގެ ފަރާތުން ޝަންގްރިއްލާ ގްރޫޕުގެ ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ކްރިސްޓޮފަރ ފޮންގް ގެ އިތުރުން ޝަންގްރިއްލާ މޯލްޑިވްސްގެ ފައިނޭންޝަލް ކޮންޓްރޯލަރ ނިލޯ އަދި ޑިރެކްޓަރ އޮފް ގަވަރމަންޓް އެންޑް ޕަބްލިކް އެފެއާޒް ސައުދު ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން، ޝަންގްރިއްލާގެ ފަސް ސީނިއަރ އެގްޒެކެޓިވުން އޮންލައިންކޮށް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި އައްޑޫ ސިޓީގެ ޝަންގްރިލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އަލުން ހުޅުވުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

އެގޮތުން މި ބައްދަލުވުމުގައި، ސަންގްރިއްލާ ގްރޫޕް ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓް މިސްޓަރ ކްރިސްޓޮފަރ ފޮންގް، އެ ރިޒޯޓު ހިންގުމުގައި ދިމާވެފައިވާ މައިގަނޑު ގޮންޖެހުންތައް ފާހަގަކުރައްވައި، ރިޒޯޓް އަލުން ހުޅުވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އަޕްޑޭޓެއް ދެއްވިއެވެ. އަދި ސަރުކާރުގެ ފަރާތުން ރިސޯޓް އަލުން ހުޅުވުމުގެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނެކަން ފާޅުކުރައްވައި، މިކަމަށް މަގުފަހިކުރުމަށް ސަރުކާރަށް ދެވިދާނެ ލުއިތަކާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައި އެވެ.

މި މަޝްވަރާގެ ސަބަބުން، ރިސޯޓް އަލުން ހުޅުވުމަށް ތަފްޞީލީ ރޯޑްމެޕެއް އެކުލަވާލައި ރިޒޯޓު ހުޅުވުމުގެ މަސައްކަތް އަވަސްމުއްދަތެއްގެ ތެރޭގައި ނިންމެވުމަށް ޝަންގްރިލާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން އެއްބަސްވެވަޑައިގެންފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ބައްދަލުވުމުގައި، ރާއްޖޭގެ ދެކުނުގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައި އެވެ. އަދި ޝަންގްރިއްލާ ވިލިނގިލި ރިޒޯޓު އެންޑް ސްޕާ އަލުން ހުޅުވުމަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަމަށާއި މުޅި ދެކުނުގެ ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް އަންނާނެކަމެއްކަން މަޝްވަރާގެ ބައިވެރިން ފާހަގަކުރެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside