
--
ޔޫއެން ޓޫރިޒަމް ރީޖަނަލް ކޮންފަރެންސް އޮން ޓޫރިޒަމް ޕޮލިސީ އެންޑް ސަރކިއުލަރ އިކޮނޮމީގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ އެވެ،

އިންޑޮނޭޝިއާގެ ވެރިރަށް ޖަކާރޓާގައި މިއަދު ބޭއްވުނު މި ކޮންފަރެންސްގައި ރާއްޖެ ތަމްސީލް ކުރެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނިޔާޒެވެ. އެގޮތުން އޭނާ ވަނީ މިއަދުގެ ކޮންފަރެންސުގައި ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނަވާފައި އެވެ.
މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ނިޔާޒް ފާހަގަކުރެއްވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ސަރކިއުލަރ އިކޮނޮމީއަށް ހިންގަމުންދާ މަސައްކަތްތަކެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތު ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް ދިވެހިރާއްޖެއިން ދެމިހުރި ކަމުގެ ޔަޤީންކަން އަލުން އާކުރެއްވިއެވެ.
މިނިސްޓްރީން ބުނީ މި ކޮންފަރެންސްގައި ބައިވެރިވުމަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތައް ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކުރުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށެވެ.
އަދި މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވުމަކީ އެހެން ޤައުމުތަކުގެ ތަޖުރިބާއިން އުނގެނި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު އިތުރަށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައިވެސް މިނިސްޓްރީން ފާހަގަކުރެއެވެ.
ގުޅުންހުރި

ދެކުނު އޭޝިއާގެ ޔޫއެން ޓޫރިޒަމް ކޮމިޝަންގެ ރިޔާސަތު ރާއްޖެއިން ބަލަހައްޓަވަނީ

ޔޫއެން ޓޫރިޒަމް ރީޖަނަލް ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ

އިންޑޮނޭޝިއާ އެކު ފަތުރުވެރިކަމުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި
