logoEN
cocacola
ކުޅުދުއްފުށި ބޯޓް ޔާޑުގެ 95 ޕަސެންޓް މަސައްކަތް ނިމިއްޖެ

ކުޅުދުއްފުށި ބޯޓް ޔާޑުގެ 95 ޕަސެންޓް މަސައްކަތް ނިމިއްޖެ

އަލްފާ އަލީ

logo

8/3/2024, 11:54:17 AM

# އެމްޕީއެލް

-

ކުޅުދުއްފުށީގައި ހަދަމުން އަންނަ ބޯޓްޔާޑްގެ 95 ޕަސެންޓް ނިމިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

ގޮސިޔާ

ކުޅުދުއްފުށި ޕޯޓް ސަރަހައްދުގައި ތަރައްގީކުރަމުން އަންނަނީ. 15،000 އަކަފުޓޫގެ ބޯޓު ޔާޑެކެވެ. އެމްޕީއެލްގެ ސީއީއޯ އިސްމާއީލް ވަޖީހު އަދި މެނޭޖްމަންޓްގެ ބައެއް ބޭފުޅުން ކުޅުއްދުއްފުށި ޕޯޓަށް ވަޑައިގެން އެތަނުގެ މަސައްކަތް ކުރިއަށް ގެންދާގޮތް ބައްލަވާލައްވާފައެވެ.

އެމްޕީއެލުން ބުނީ, ބޯޓް ޔާޑްގެ މަސައްކަތުގައި މިހާރު ކުރިއަށް ދަނީ ވޯކްޝޮޕްގެ ފިނިޝިންގެ މަސައްކަތް ކަމަށެވެ. މި މަސައްކަތް ނިންމައި، މި ހިނގާ އޮގަސްޓް މަހުގެ ތެރޭގައި ބޯޓް ޔާޑް ހިދުމަތް ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ފިނިޝްގެ މަސައްކަތްތައް ނިންމައި، ހިދުމަތް ފެށުމުގެ ކުރިން ޑޮކްޔާޑަށް ބޭނުންވާ މުވައްޒަފުން ހޯދަން ވެސް އިއުލާން ކުރާނެ ކަމަށްވެސް އެމްޕީއެލުން ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ