logoEN
cocacola
ފަލަސްތީނު ރައްޔިތުންގެ ހައްގުގައި މިއަދު މާލޭގައި އެއްވުމެއް ބާއްވަނީ

ފަލަސްތީނު ރައްޔިތުންގެ ހައްގުގައި މިއަދު މާލޭގައި އެއްވުމެއް ބާއްވަނީ

އަލްފާ އަލީ

logo

8/3/2024, 6:21:50 AM

# ފަލަސްތީން

-

ފަލަސްޠީނުގެ މުސްލިމް އަޚުންނަށް އަނިޔާވެރި ޔަހޫދީން ދެމުންގެންދާ ލާއިންސާނީ ޙަމަލާތަކާ ދެކޮޅަށް މިއަދު ހަވީރު އެއްވުމެއް ބޭއްވުމަށް އިސްރާ އެސޯސިއޭޝަނުން ނިންމައިފިއެވެ.

ގޮސިޔާ

ގާފު އޮންލައިން އަށް މަޢުލޫމާތު ދެއްވަމުން އިސްރާ އެސޯސިއޭޝަނުން ބުނީ އިސްރާޢީލުގެ ޖައްބާރު ޔަހޫދީން ފަލަސްޠީނުގެ މުސްލިމުންނަށް ދެމުންގެންދާ ލާއިންސާނީ ޙަމަލާތަކާއި ތަޢުލީމީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކާއި ޢާންމު ޚިދުމަތްދޭ ތަންތަނަށްދޭ ޙަމަލާތަކާއި ނޫސްވެރިންނަށް އަމާޒުކޮށްދޭ ޙަމަލާތަކާ ދެކޮޅަށް އަޑު އުފުލާ އެ ނުބައި ޖަރީމާތައް ހުއްޓާލުމަށް ގޮވާލާ އެއްވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

އެ އެސޯސިއޭޝަނުން ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްޠީން ރައްޔިތުންގެ ޙައްޤުގައި އަޑު އުފުލާ, އެ ޤައުމުގެ މުސްލިމުންނާއެކު ތިބިކަން ހާމަކޮށް އެއްވުންތަކާއި އެހެނިހެން ހަރަކާތްތައް ބޭއްވުމަށް ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރައްވާ ބޭފުޅުންވަނީ ގޮވާލައްވާފައި ކަމުގައިއެވެ. އެކަމަށް އިޖާބަ ދިނުމަކީވެސް މި އެއްވުން ބޭއްވުމުގެ އެއް މަޤުޞަދު ކަމަށެވެ. އަދި މި އެއްވުމުގައި ރާއްޖޭގެ މަދަނީ ބައެއް ޖަމިއްޔާތަކާއި ޖަމާއަތްތަކުން ބައިވެރިވާކަންވެސް އެ އެސޯސިއޭޝަނުން ފާހަގަކުރެއެވެ.

އެ އެސޯސިއޭޝަނުން ބުނީ އެއްވުން އޮންނާނީ އަންނަ އޮގަސްޓް މަހުގެ 3 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:15 އިން 6 އަށް މާލޭ އާރޓިފިޝަލް ބީޗް ސަރަހައްދުގައި ކަމަށެވެ. މި އެއްވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެ އެސޯސިއޭޝަނުން އެދެއެވެ.

އިސްރާ އެސޯސިއޭޝަނަކީ ފަލަސްޠީނުގެ ޙައްޤުގައި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މަސައްކަތްކުރާ އެއް ޖަމްޢިއްޔާއެވެ. އެގޮތުން ފާއިތުވި މެއި މަހުގައި އާރޓިފިޝަލް ބީޗުގައި ވަނީ "ރަފަޙް އަންދާލަނީ" ގެ ސްލޯގަންގެ ދަށުން ބޮޑު އެއްވުމެއް ބާއްވާފައެވެ. އަދި ޖޫންމަހު ވަނީ ހުޅުމާލޭގައި ބޮޑު ވެހިކަލް ރެލީއެއް އަދި ޖުލައި މަހު ޢިލްމީ ފޯރަމެއްވެސް ބާއްވާފައެވެ. އަދި މިނޫންވެސް ތަފާތު ސޯޝަލް މީޑިޔާ ކެންޕެއިންތަކާއި ޙަރަކާތްތައް މި ޖަމްޢިއްޔާއިން ބާއްވައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ