
ހަނިއްޔާ އަވަހާރަކޮށްލުމާއި ގުޅިގެން ޔަހޫދީ އިޒްރޭލުގައި ހުންނަ ތުރުކީ އެމްބަސީގެ ދިދަ ބައިދަނޑިއައް ތިރިކުރި މައްސަލަ ހޫނުވެއްޖެ
# ހަނިއްޔާ އަވަހާރަކޮށްލުންހަނިއްޔާ އަވަހާރަކޮށްލުމާއި ގުޅިގެން ޔަހޫދީ އިޒްރޭލުގައި ހުންނަ ތުރުކީ އެމްބަސީގެ ދިދަ ބައިދަނޑިއައް ތިރިކުރި މައްސަލަ ހޫނު ވެއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިޒްރޭލުގެ ވެރިރަށް ތެލް އަވީވް ގައި ހުންނަ ތުރުކީ އެމްބަސީގެ ދިދަ ބައިދަނޑިއައް ތިރިކޮށްފައިވަނީ މިއަދު ހެނދުނު އެވެ.
މިއާއި އެކު އިޒްރޭލުގެ ޚާރިޖީ ވަޒީރު އިސްރެއާލް ކާޓްޒް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ތުރުކީން އިސްރާއީލަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ސަފީރު ހާޒިރުކުރުމަށް ނިންމާފައިވާ ކަމަށައެވެ.
"ހަމާސްގެ ޓެރަރިސްޓް ޖަމާއަތުގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވި އިސްމާއިލް ހަނިއްޔާ ފަދަ މީހަކު އަވަހާރަކޮށްލުމުގެ ހިތާމައިގައި ބައިވެރިވުމުގެ އިބާރާތްތައް އިޒްރޭލު ދައުލަތުން ބަލައިނުގަންނާނެ" ކާޓްޒް ބުންޏެވެ.
ރަސްމީ ދިދަތައް ބައިދަނޑިއަށް ތިރިކުރުމަކީ އިޙްތިރާމްކުރުމުގެ ނިޝާނެއްގެ ގޮތުގައި ދެކޭއިރު، ޢާންމުގޮތެއްގައި ދިދަތައް ތިރިކުރަނީ ހިތާމަވެރި މުނާސަބަތުތަކެކެވެ.
ތުރުކީއަކީ ފަލަސްތީނުގެ މިނިވަންކަމަށް އިސްލާމީ އުންމަތުގައި އެންމެ ބޮޑަށް އަޑު އުފުލާ އެއް ގައުމެވެ.
މީގެ ކުރިން ފަލަސްތީނުގެ ބޮޑުވަޒީރުކަންވެސް ކުރެއްވި ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ ޔަހޫދީ އިޒްރޭލުން ދިން ހަމަލާއެއްގައި އިރާނުގެ ތެހެރާނުގައި ހުންނަވަނިކޮށެވެ. މި ހަމަލާގެ ޒިންމާ އަދި މިހާތަނަށް އިޒްރޭލުން ރަސްމީ ސިފައެއްގައި އުފުލާފައި ނުވި ނަމަވެސް ނުރަސްމީ ކޮށް ޔަހޫދީ އޮފިޝަލުން ވަނީ މި ހަމަލާގެ ޒިންމާ ނަގާފައި އެވެ.
ގުޅުންހުރި

މަޝްރަހު ހޫނުވެފައި ވަނިކޮށް އެމެރިކާއިން މެދުއިރުމައްޗަށް ހަނގުރާމަމަތީ އުޅަނދުތަކާއި ފައިޓަރ ސްކޮޑްރަން ފޮނުވައިފި

ހަނިއްޔާ އަވަހާރަކޮށްލަން ޔަހޫދީން ހަމަލާދިނީ އެމެރިކާގެ އެހީތެރިކަމާއި އެކު ކުރު ރާސްތާގެ މިސައިލަކުން - އިރާން

ހަނިއްޔާ އަވަހާރަކޮށްލުން: ތަހުގީގަށް އިރާނު އަސްކަރިއްޔާ އާއި އިންޓެލިޖެންސްގެ އޮފިސަރުންތަކެއް ހައްޔަރުގައި!
