.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)
ހަމާސްގެ ސިޔާސީ ވެރިޔާ އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގަށް އީރާނުން ވަނީ އަސްކަރިއްޔާ އާއި އިންޓެލިޖެންސް އޮފިސަރުން ހިމެނޭ ގޮތަށް އެތައް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި އަސްކަރީ އޮފިޝަލުންގެ އިތުރުން މިދިޔަ ބުދަ ދުވަހުގެ ފަތިހު ހަނިއްޔާ އަވަހާރަކޮށްލި ތެހެރާން ގެސްޓްހައުސްގެ ސްޓާފުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ހިއްސާ އޮންނަ އެ ގެސްޓްހައުސްއަށް ސެކިއުރިޓީ އެޖެންޓުން ވަދެ ހުރިހާ ސްޓާފުން "ކަރަންޓީނުކޮށް، ބައެއް މީހުން ހައްޔަރުކޮށް، ޕާސަނަލް ފޯން ހިމެނޭ ގޮތަށް ހުރިހާ އިލެކްޓްރޯނިކް ޑިވައިސްތަކެއް ހިފަހައްޓާފައިވާ" ކަމަށް އެ އެމެރިކާގެ ނިއު ޔޯކް ޓައިމްސްއަށް މައުލޫމާތު ދިން ފަރާތްތަކުން ބުންޏެވެ.
މީގެ އިތުރުން އިރާނުގެ ތަހުގީގީ އިދާރާތަކުން ދަނީ އިޒްރޭލުގެ އިންޓެލިޖެންސަށް ނިސްބަތްވާ ބަޔަކު އެގައުމުގެ ތިބި ކަމަށް ތުހުމަތު ކޮށް އެމީހުން ހޯދުމަށް އިރާނުގެ އެއާޕޯޓުތަކުގައި ވެސް ހަރަކާތްތެރިވަމުންނެވެ.
ހަނިއްުޔާ އަވަހާރަކޮށްލަން ދިން ހަމަލާގެ ފަހަތުގައި އިރާނުގެ ބައެއް ފަރާތްތަކުގެ އަތެއް އޮތް ކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.
.jpeg?w=3840&q=75)



